Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 11:36
އިންޑިއާ ސިފައިން ހިފެހެއްޓި ދޯނި
އިންޑިއާ ސިފައިން ހިފެހެއްޓި ދޯނި
މުހައްމަދު ޝަރުހާން
އިންޑިއާ ކަނޑު
އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
ވީވަރު މަސްދޯނީގައި 12 މީހުން ތިބި

ރާއްޖެއާއި އިންޑިއާ އޮތް އެކުވެރި ގުޅުމަށް ބަލާފައި އިންޑިއާގެ ލަކްޝްދީޕްގެ ސުހެލި އަތޮޅު ކައިރިން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފަހައްޓައިފައިވާ ރާއްޖޭގެ މަސްދޯނި ދޫކޮށްލައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ 12 މީހުންނާއި އެކު ދަތުރުކުރި ވީވަރު ނަމަކަށް ކިޔާ މަސްދޯނި އިންޑިއާ ސިފައިން ހިފަހައްޓާފައިވަނީ އިންޑިއާ ސަރަހައްދުގެ ވަރަށް އެތެރެއަށް ވަދެފައިވަނިކޮށް ކަމަށާއި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދޯނީގެ ތިބިމީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ދޯނި މިހާރު އަންނަނީ ރާއްޖެއައުމަށް ދަތުރުކުރަމުންނެވެ . މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވަނީ ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނި ފަހަރު އަވަށްޓެރި އެހެން ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުމަށާއި އުޅަނދުފަހަރު އަމަލުކުރުމަށް ހަދާފައިވާ ގާނޫނުތަކަށާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބޭރުގެ މަސް ދޯނިތައް ފެނުމުން ހުއްޓުވާ، ހަމަޖެހިފައިވާ އުސޫލުގެ މަތިން ފިޔަވަޅު އަޅަމުންދާ ކަމަށާއި އިންޑިއާއިން ވެސް އެ ގައުމުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ ދޯނިތައް އެމީހުންގެ ބެލުމުގެ ދަށަށް ގެންދަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 03:50
އެޑަމް
އިންޑިއާއިން އެމީހުން ރާއްޖެ އައުމަށް ދޫކޮށްލިނަމަވެސް ރާއެްޖޭގެ ގާނޫނުގެތެރެއިން އެމީހުނަށް އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭނެ، ކޮންމެ ފަހަރަކު ތިގޮތަށް ސަލާމަތެއް ނުވާނެ އެހެންވީމަ ފިޔަވަޅު އެޅުމަކީ ކޮންމެހެން މުހިއްމުކަމެއް.