Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 16:32
އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދެއް
އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދެއް
ގޫގުލް
އެމްއެންޑީއެފް ކޯސްޓްގާޑް
މަސްވެރި އުޅަނދުތައް އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުމަށް އިލްތިމާސް ކޮށްފި
ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ވަނީ އިލްތިމާސްކޮށްފައި

ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވައްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިލްތިމާސް ކޮށްފިއެވެ.

އިންޑިއާގެ ލަކްޝްދީޕްގެ ސުހެލި އަތޮޅު ކައިރިން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް މަސްދޯންޏެއް ހިފެހެއްޓި މައްސަލައާ ގުޅިގެން އެމްއެންޑީއެފުން ބުނީ ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުމަށާއި، އުނޅަދު ފަހަރު އަމަލު ކުރުމަށް އެދިފައިވާ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާ ސިފައިން މަސް ދޯނި ހިފަހައްޓާފައިވަނީ އިންޑިއާ ސަރަހައްދުގެ ވަރަށް އެތެރެއަށް ވަދެފައިވަނިކޮށް ކަމަށާއި ގައުމުން ބަލަން ޖެހޭ ގަވާއިދުތަކަށް ބެލުމަށް ފަހު ދޫކޮށްލާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް