Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 11:43
މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމް ޕީއާރުސީ)
މޯލްޑިވެސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމް ޕީއާރުސީ)
ސަން
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް
އެމްއެމް ޕީއާރުސީގެ ރިޕޯރޓްގައި އެމްޑީޕީން މަޖިލީހަށް ކުރިމަތި ލާފައިވާ މީހެއްގެ ނަމެއް ނުހިމެނޭ: ނަޝީދު
އެމްއެމްޕީއާރުސީން 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ދައުލަތަށް ވެފައިވޭ
ރިޕޯޓްގައި ޚިޔާނާތުގެ ފައިސާ ވަން  ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ނަންތަށް ހިމެނޭ
ޚިޔާނާތުގެ ފައިސާގެ ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށް

 

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމް ޕީއާރުސީ) ގެ ރިޕޯރޓްގައި ތުހުމަތު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ޓިކެޓް ލިބިފައިވާ އެއްވެސް މީހެއްގެ ނަން ނުހިމެނޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ތަފްސީލީ ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އާންމު ކޮށްފައިވާއިރު އެރިޕޯޓްގައި އެކުންފުނީގެ ޚިޔާނާތުގެ ފައިސާ ވަން  ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ނަންތަކާއި ތަފްސީލު ވެސް ހިމެނެ އެވެ. މީގެ އިތުރުން  ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ގިނަ ކެނޑިޑޭޓުންގެ މަސްލަހަތު ހިމެނޭ ކުންފުނިތައް ވެސް ހިމެނެއެވެ

ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު (192.75 މިލިއަން ރުފިޔާ) އެވެ.

އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އެސްއޯއެފްގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކްތައް އެންޑޯޒްކޮށްގެން ވަނީ ޖަމާކޮށްފައެވެ. އެސްއޯއެފްގެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު (916.64 މިލިއަން ރުފިޔާ) ވަނީ ޖަމާ ކޮށްފައެވެ. މީގެ އިތުރަށް އެހެނިހެން އެކައުންޓްތަކަށް 5.55 މިލިއަން ޑޮލަރު  އެމްއެމްޕީއާރުސީގެ އެކައުންޓުން(85.581 މިލިއަން ރުފިޔާ) ވަނީ ޖަމާކޮށްފައެވެ.

"އެ ރަށްރަށާއި ފަޅުތަކުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ނަގާފައިވާ ފައިސާ ދައުލަތުގެ އެކައުންޓްތަކަށް ޖަމާކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކަށް ޖަމާކޮށްފައި" އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ވެއެވެ.

ރިޕޯޓުން އެނގޭ ގޮތުގައި ސ.ފޭދޫ، ބާނި، ޢަބްދުالله ރަޝީދު އަކީ އަމިއްލަ ފަރުދަކަށް އެސް.އޯ.އެފް މެދުވެރިކޮށް އެމް.އެމް.ޕީ.އާރް.ސީއަށް ލިބެންޖެހޭ އެންމެ ގިނަ އެމެރިކާ ޑޮލަރު ދީފައިވާ ފަރާތެވެ. އޭނާއަށް ހަތަރު މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ. ޢަބްދުالله ރަޝީދުގެ ނަމުގައި 2014 އަދި 2015 ވަނަ އަހަރު އެއްވެސް ވިޔަފާރިއެއް އޮންނަކަމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ މަޢުލޫމާތުން އެނގޭކަށް ނެތެވެ.

ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރަށާއި ފަޅު ހިމެނޭގޮތަށް ޖުމުލަ 49 އެގްރީމެންޓްގެ ދަށުން 57 ތަނެއް ދޫކޮށްފައިވާއިރު، އޭގެ އިތުރަށް އޮފަރ ލެޓަރ ދޫކޮށް، ފައިސާގެ މުޢާމަލާތް ކޮށްފައިވާ 8 ތަނެއްގެ އެގްރީމެންޓް ހަދާފައެއް ނުވެއެވެ. ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ތެރެއިން އެގްރީމެންޓްއެއްގެ ދަށުން އެންމެ ފަހުން ދޫކޮށްފައިވަނީ 8 އޮކްޓޫބަރު 2015 ގައި ދޫކޮށްފައިވާ ފަޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
16 ފެބްރުއަރީ 2019 | ހޮނިހިރު 08:30
ވަރަށް ބިޔަ ޖަލެއް
ވަރަށް ބިޔަ ޖަލެއް އައުޓްސޯސް ކުރަން ބޭނުންވެއްޖެ!
16 ފެބްރުއަރީ 2019 | ހޮނިހިރު 07:00
ހ މ ޒ
ނަޝީދު އަމާބުނީތީ ފަރަށްދޭ!
16 ފެބްރުއަރީ 2019 | ހޮނިހިރު 06:56
ހ މ ޒ
އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ ތެރެއިން މެގަޗިޕް ކުންފުނީގެ އެކައުންޓަށް 9000 ޑޮލަރު ވަދެފައިވާކަމަށް މިއަދު އޭސީސީން ހާމަކުރި ރިޕޯޓްކޮށްފައިވާ ޑޮލަރުތަތަކީ ކުންފުނީގެ ވިޔަފާރިއަށް ގަނެފައިވާ ޑޮލަރުކަމަށް އެކުންފުނިން ބުނެފިއެވެ.