Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 09:44
މަސްދޯނި
މަސްދޯނި
ޓްވިޓަރ
އިންޑިއާ ކަނޑުގެ ސަރަހައްދު
އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ދޫކޮށްލަނީ
އެ ގައުމުން ބަލަން ޖެހޭ ގަވާއިދުތަކަށް ބެލުމަށް ފަހު ދޫކޮށްލާނެ

ރާއްޖެއާއި އިންޑިއާ އޮތް އެކުވެރި ގުޅުމަށް ބަލާފައި އިންޑިއާގެ ލަކްޝްދީޕްގެ ސުހެލި އަތޮޅު ކައިރިން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފަހައްޓައިފައިވާ ރާއްޖޭގެ މަސްދޯނި ދޫކޮށްލުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އިންޑިއާ ސިފައިން މަސް ދޯނި ހިފަހައްޓާފައިވަނީ އިންޑިއާ ސަރަހައްދުގެ ވަރަށް އެތެރެއަށް ވަދެފައިވަނިކޮށް ކަމަށާއި ގައުމުން ބަލަން ޖެހޭ ގަވާއިދުތަކަށް ބެލުމަށް ފަހު ދޫކޮށްލާނެ ކަމަށެވެ. އަދި  ދޫކޮށްލާނެ ވަގުތެއް އެނގިފައިނުވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ވަނީ ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނި ފަހަރު އަވަށްޓެރި އެހެން ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުމަށް އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނީ، ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް އުޅޭ ބޭރުގެ މަސް ދޯނިތައް ފެނުމުން ހުއްޓުވާ، ހަމަޖެހިފައިވާ އުސޫލުގެ މަތިން ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެގޮތުން އިންޑިއާއިން ވެސް އެ ގައުމުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ ދޯނިތައް އެމީހުންގެ ބެލުމުގެ ދަށަށް ގެންދަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް