Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 09:05
ކުރެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މޫސާ
ކުރެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މޫސާ
މުހައްމަދު ޝަރުހާން
ކުރެންދޫ ދާއިރާ
ކުރެންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މޫސާ އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވަނީ
2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް މަޖިލީހުގެ މެންބަރުކަން ކުރަށްވާފައިވޭ
ކުރިންވެސް އޭނާ މަޖިލީހަށް ހޮވިވަޑައިގެންފައިވަނީ އަމިއްލަ ގޮތުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މޫސާ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

 

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އަހުމަދު މޫސާ ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އޭނާއަށް ދީފައިވާ  ޓިކެޓު ދޫކޮށްލައްވައި، އަމިއްލަ ގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނިންމެވީ މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އަމިއްލަގޮތުން މަޖިލީހަށް ވާދަކުރުން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

އަހުމަދު މޫސާ ވަނީ 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ރައްޔިތުންގެ މަޖިލިހުގައި ކުރެންދޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. އެފަހަރުވެސް އޭނާ ހޮވިވަޑައިގެންފައިވަނީ އަމިއްލަ ގޮތުން މަޖިލީގައި ވާދަކޮށްގެންނެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކުރެންދޫ ދާއިރާ އަށް އެމްޑީޕީ އާއި ޕީޕީއެމުން ވެސް ވާދަކުރެ އެވެ.

އަހުމަދު މޫސާ ވިދާޅުވީ، އަބަދުވެސް ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން އެހީތެރިވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

 

ކުރެންދޫ ދާއިރާގެ މިހާރުގެ މެމްބަރަކީ އެމްޑީޕީގެ އަބްދުލްބާރީ އަބްދުﷲ އެވެ. އެކަމަކު އޭނާ މި ފަހަރު ވާދައެއް ނުކުރައްވަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް