Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 22:59
މި ޓީމް ގައި ސްޕެޝަލިސްޓް ދެ ޑޮކްޓަރުން ހިމެނޭ
މި ޓީމް ގައި ސްޕެޝަލިސްޓް ދެ ޑޮކްޓަރުން ހިމެނޭ
ރާއްޖެ އެމްވީ
ހޯރަފުށީ ދާއިރާ
ހޯރަފުށީ ދާއިރާގެ ރައްޔިތުންނަަށް ޚާއްސަ މެޑިކަލް ކޭމްޕެއް، މުޅިން ހިލޭ!
ދާއިރާގެ ތިން ރަށުން 120 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓްކޮށްފައިވޭ

ހޯރަފުށީ ދާއިރާގައި ހިމެނޭ ހޯރަފުށި، ތުރާކުނު އަދި އުލިގަމު ރައްޔިތުންނަށް އަމާޒުކޮށްގެން ހޮނިހިރު ދުވަހު ވަރަށް މެޑިކަލް ކޭމްޕެއް ބޭއްވުމަށް ހޯރަފުށީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

ހއ. ހޯރަފުށީގައި ބާއްވާ މި މެޑިކަލް ކޭމްޕަކީ މޯލްޑި-ކެއާރ ކްލިނިކާއި، އެރަށު ސިއްހީ މަރުކަޒާއި އަދި ކައުންސިލް ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މެޑިކަލް ކޭމްޕެކެވެ.

ހޯރަފުށީ ކައުންސިލުން ބުނިގޮތުގައި މި ކޭމްޕްގައި ބަލި މީހުން ބެއްލެވުމަށް ހަތަރު ޑޮކްޓަރުން ހިމެނޭ ޓީމެއް ހުުކުރު ދުވަހުގެރޭ އެރަށަށް ވަނީ ގޮސްފައެވެ. ޑޮކްޓަރުންގެ މި ޓީމްގައި، ކަށީގެ ޚާއްސަ ޑޮކްޓަރަކާއި، ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ހިމެނެއެވެ. އަދި މީގެ އިތުރުން މި މެޑިކަލް ކޭމްޕްގައި ސްކޭން ކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މިފަދަ ކޭމްޕެއްގެ ސަބަބުން ދާއިރާއިން ޑޮކްޓަރަށް ދައްކަން ބޭނުންވެފައި ތިބި ވަރަށް ގިނަ އަދެއްގެ ފަރާތްތަކަށް އެއްފަހަރާ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ރައްޔިތުންނަށް ލިބިގެންދާ މުހިއްމު ފުރުސަތެއް މީ. ޑޮކްޓަރަށް ދެއްކުން މި އޮތީ މުޅިން ހިލޭ. ތިން ރަށުންވެސް ވަރަށް ބޮޑު ތަރުހީބެއް މި ކޭމްޕަށް ލިބިއްޖެ" ވަހީދު ވިދާޅުވިއެވެ.

ދާއިރާގެ ތިން ރަށުން 120 އަށް ވުރެ ގިނަ މީހުން މީހުން މި ކޭޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓްކޮށްފައިވާއިރު، މި ކޭމްޕް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 6.00 އިން އިރުއޮއްސި 18.00 އަށެވެ. އެހެންނަމަވެސް ނަންނޯޓްކޮށްފައި ތިބި ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމަށްޓަކައި ވަގުތު އިތުރުކުރަން ޖެހިއްޖެނަމަ އެކަން ކުރައްވާނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އުލިގަމާއި ތުރާކުނުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ހޯރަފުއްޓަށް އަންނަ އެ ދެރަށުގެ ރައްޔިތުންގެ ހުރުމާއި ކެއިން ބުއިމުގެ ކަންކަމާއި ހަވާލުވީ ހޯރަފުށީގެ ކަނބަލުންނެވެ.

ހޮނިހިރު ދުވަހު އޮންނަ މެޑިކަލް ކޭމްޕްގައި ބަައްލަވާ ޑޮކްޓަރުންގެ ޓީމް ހުކުރު ދުވަހު  ހޯރަފުއްޓަށް ވަޑަައިގަތުމާއިއެކު ރަށުގެ ކައުންސިލާއި، ސިއްހީ މަރުކަޒުގެ އިސްވެރިންގެ އިތުރުން ހޯރަފުށީގެ ރައްޔިތުން އެޓީމަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
24 ފެބްރުއަރީ 2019 | އާދީއްތަ 18:38
ibraahim
tabadhuves mahaku 1 ehfaharu thikan kuranraga