Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 22:31
ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ރާއްޖެ އެމްވީ
މަޖިލީސް އިންތިހާބު 2019
އިސްލާހު ކުރުމަށްފަހު ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
ލިސްޓަށް ޝަކުވާ ހުށައެޅޭނީ 15 ފެބުރުވަރީ އިން 26 ފެބުރުވަރީގެ ނިޔަލަށް

ކުރިޔަށް އޮތް ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، ލިސްޓު އިސްލާހު ކުރުމަށްފަހު ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލިި ފުރުސަތުގައި 1256 ޝަކުވާއެއް ހުށަހެޅުނުކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ބުނެފަ އެވެ. އަދި ލިސްޓަށް އިސްލާހް ގެނައުމަށްފަހު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، މިފަހަރު ޝަކުވާ ހުށަހެޅޭނީ މީގެކުރިން ޝަކުވާހުށަހެޅި 1256 މީހުންނަށް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. 

އިލެކްޝަން ކޮމިޝަން އިން ހުކުރު ދުވަހު ކުރި އިއުލާނުގައިވާގޮތުން، ލިސްޓަށް ޝަކުވާ ހުށައެޅޭނީ 15 ފެބުރުވަރީ  އިން 26 ފެބުރުވަރީގެ ނިޔަލަށް ކަމަށްވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އާއި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެކަމަށް ކޮމިޝަނުން ބުނެ އެވެ. 

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައި ނަމަ، އިލެކްޝަންސް ކޮމިޝަން އިންނެވެ. އަދި ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށްވެސް އީސީން މައުލޫމާތުދެއެވެ. 

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ. އަދި މަޖިލީސް އިންތިހާބަށް ކުރިަމތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް ހުޅުވާލާފައިވާއިރު، މިމަހުގެ 21 ގެ ނިޔަލަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް