Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 22:06
އިލެކްޝަން ކޮމިޝަންގެ މެންބަރުން
އިލެކްޝަން ކޮމިޝަންގެ މެންބަރުން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 183 ފަރާތަކުން ފޯމް ހުށައަޅައިފި
އިންތިހާބަށް ކުރިަމތިލުމުގެ ފުރުސަތު މިމަހުގެ 21 އަށް ހަމަވާނެ

ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 183 ކެންޑިޑޭޓުން ކެންޑިޑެސީ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ހުކުރު ދުވަހުގެ ނިޔަލަށް މަޖިލީސް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ 86 ކެންޑިޑޭޓް ހިމެނޭކަމަށެވެ. އަދި ޕީޕީއެމުން 14 ކެންޑިޑޭޓް، ޕީއެންސީން 04 ކެންޑިޑޭޓް، އެމްޑީއޭއިން 07 ކެންޑިޑޭޓް އަދި ވަކިވަކިން ވާދަކުރައްވާ 59 ކެންޑިޑޭޓުން ފޯމް ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

މަޖިލީސް އިންތިހާބަށް ކުރިަމތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް ހުޅުވާލާފައިވާއިރު، މިމަހުގެ 21 ގެ ނިޔަލަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރީރެޖިސްޓްރޭޝަނަށް ހުޅުވާލާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ މީހަކު ވޯޓްލީ ތަން ބަދަލު ނުވާނަމަ މި ފަހަރުގެ އިންތިހާބަށް ރީރެޖިސްޓްރީވާން ނުޖެހޭނެއެވެ.

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް