Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 20:13
ހުކުރު ދުވަހު ފެށި ޕީއެލްޓީސީ ޕޮރްގްރާމްގެ ތެރެއިން
ހުކުރު ދުވަހު ފެށި ޕީއެލްޓީސީ ޕޮރްގްރާމްގެ ތެރެއިން
މުހައްމަދު ޝަރުހާން
ސްކައުޓް ހަރަކާތް
ރާއްޖޭގެ ހުރިހާ ސްކައުޓް ގްރޫޕްތަކަށް ހާއްސަ ކޮށްގެން ޕީއެލްޓީސީއެއް ފަށައިފި
އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ 181 ޕެޓްރޯލް ލީޑަރުންނާއި، އެސިސްޓަންޓް ޕެޓްރޯލް ލީޑަރުން ބައިވެރިވޭ

ރާއްޖޭގެ ހުރިހާ ސްކައުޓް ގްރޫޕްތަކަށް ޚާއްސަ ކޮށްގެން ޕެޓްރޯލް ލީޑަރސް ޓްރެއިންން ކޭމްޕް (ޕީއެލްޓީސީ) އެއް ފަށައިފިއެވެ. 

ހުޅުމާލެ ޣާޒީ ސްކޫލުގައި ހުކުރު ދުވަހު ފެށި މިޕޮރްގްރާމް އަމާޒު ކޮށްފައިވަނީ ޕެޓްރޯލް ލީޑަރުންނާއި، އެސިސްޓެންޓް ޕެޓްރޯލް ލީޑަރުންނަށް ކަމަށް ސްކައުޓް އެސޯސިއޭޝަން އިން މައުލޫމާތުދެއެވެ.

 

ޕީއެލްޓީސީގެ ތެރެއިން 

ސްކައުޓް އެސޯސިއޭޝަނުން ބުނީ މި ތަމްރީން ކޭމްޕްގެ ބައިވެރިންނަށް ދަސްކޮށްދޭނީ، ލީޑަރޝިޕް ހުނަރުތަކާއި، ޕެޓްރޯލް ސިސްޓަމާއި، އެކި ހާލަތްތަކުގައި ސްކައުޓުން އަމަލު ކުރަންޖެހޭ ގޮތްތައް ކަމަށެވެ.

އެގޮތުން ގުޅިގެން މަސައްކަތް ކުރުމާއި، މުހިއްމު ނިންމުތައް ނިންމާނެ ގޮތާއި ކަންކަމަށް ފާޑު ކިޔުމާއި ކަންތައްތަކުގައި އިސްނެގުމަށް ކޭމްޕްގެ ބައިވެރިން ތަމްރީނު ކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ 181 ސްކައުޓުން ބައިވެރިވެއެވެ.

ޕީއެލްޓީސީ ޕްރޮގްރާމްގައި ސްކައުޓުން 

މި ކޭމްޕްގައި ސްކައުޓުން ތަމްރީން ކުރުމުގައި 50 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވާނެ ކަމަށް ވެސް ސްކައުޓް އެސޯސިއޭޝަން އިން މައުލޫމާތުދެއެވެ. މި ކޭމްޕް ނިންމުމުގެ ހަފްލާ އޮންނާނީ ހޮނިހިރު ދުވަހު ހަވީރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް