Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 20:00
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން: އޭސީސީގެ ރިޕޯޓަށް ފާޑު ވިދާޅުވެފައިވޭ
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން: އޭސީސީގެ ރިޕޯޓަށް ފާޑު ވިދާޅުވެފައިވޭ
ރާއްޖެއެމްވީ
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް
އޭސީސީގެ ރިޕޯޓަކީ ފެންވަރު ދަށް ފުރިހަމަނުވާ ރިޕޯޓެއް: ކުރީގެ އުއްތަމަ ފަނޑިޔާރު
ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ނުކޮށްވޭ

އެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ތަހްގީގު ރިޕޯޓަކީ ވަރަށް ދަށް ފެންވަރުގެ ރިޕޯޓެއް ކަމަށް ވިދާޅުވެ ތަހްގީގަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.  

ފާއިޒް އެމަނިކުފާނުގެ ފޭސްބޫކްޕޭޖްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ފުރިހަމަ ތަހްގީގު ރިޕޯޓް އެއްކޮށް ވިދާޅުވި ކަމަށާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގެ ފުރިހަމަ ތަހްގީގެއް ކުރަން އޭސީސީ އިން އޮތީ ނުކުޅެދިފައި ކަމަށެވެ. އަދި ވިދާޅުވެފައިވަނީ މައްސަލައިގެ ޖައުހަރީ އެތައް ކަމެއް ވަނީ ސާފުނުކޮށް ދޫކޮށްލާފައި ކަމަށެވެ. އަދި މައްސަލައާ ގުޅޭ މުހިންމު ފަރާތްތަކާ ސުވާލު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ވެސް ފާއިޒް ވިދާޅުވިއެވެ.  

"މައްސަލައަށް ގާނޫނީ ގޮތުން އެއްޗެއް ބުނާކަށް ނެތީމެވެ. އެހެންނަމަވެސް ޓެކްނިކަލް ގޮތުން ބަލާއިރު ވަރަށް ފެންވަރުދަށް އަދި ފުރިހަމަ ނުވާ ރިޕޯޓެކެވެ." ފާއިޒް ވިދާޅުވެފައި އެވެ.  

އޭގެ އިތުރުންވެސް ފާއިޒް ވިދާޅުވެފައިވަނީ އެތައް ބަޔަކު އުއްމީދުކުރިހާ ގާތައް ވެސް ރިޕޯޓްގައި ހަގީގަތް ފުރިހަމަކޮށްދެވިފައި ނުވެއެވެ.   

އޭސީސީގެ އެ ރިޕޯޓުގައި ބައެއް މީހުންގެ ބަޔާންތައް ހާމަކޮށްފައިވާއިރު ފާއިޒް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދްނާން ފަނޑިޔާރުކަމުން ވަކި ކުރެއްވުމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެކައުންޓުން ހޭދަކޮށްފައިވާ ކަމަށް ދޭހަވާގޮތަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އޭގައި ހިމެނޭ ބައެއް މީހުންނާ ސުވާލު ކުރެވިފައިނުވާ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް