Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 19:20
ރާއްޖެއެމްވީ
ފ. މަގޫދޫ
މަގޫދޫގެ ފެނުގެ ފަށަލަ ވަނީ ހަލާކުވެފައި: ކައުންސިލް
ނަޝީދުގެ ވެރިކަމުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް ބަޔަކާ ހަވާލުކުރި

ފ.މަގޫދޫގެ ފެނުގެ ފަށަލަ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ. 

އެރަށުގެ ހާލަތާއި ބެހޭ ގޮތުން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި އެރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ 2004 ވަނަ ކުރިމަތިވި ސުނާމީ ކާރިސާގެ އަސަރު ވަރަށް ބޮޑަށް އެރަށަށް ކުރި ކަމަށާއި، އޭގެފަހުން ފެން ފަށަލަ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމުގެ ދަތިކަމަކީ މިވަގުތު މަގޫދޫއަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

''މަގޫދޫގެ ފެނުގެ ފަށަލަ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. ސުނާމީގަ ލިބުނު ނަރުދަމާ ނިޒާމެއް. އެހެން ނަމަވެސް ސަރުކާރުން އޭރު ގެންގުޅުނު އުސޫލުތަކެއްގެ ސަބަބުން އަޅުގަނޑުމެންނަށް ނުލިބި ދިޔައީ.'' ވަހީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށްޓަކައި ބަޔަކާއި ހަވާލުވެސް ކުރެވުނުކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ ސާވޭ ކޮށް ނިމުނުތަނާއި ވެރިކަން ވެއްޓުނީ ކަމަށެވެ. އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެމަސައްކަތް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދެއްވާނެ ކަމަށް މިސަރުކާރުން ވެފައިވާ ވައުދާއެއް ގޮތަށް އެރަށުގައި ވެސް ވަރަށް އަވަހަށް މިމަޝްރޫއުގެ މަސައްކަތް ފެށިގެން ދިއުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް