Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 19:12
މިއަދު ބޭއްވި މުޒާހަރާ ތެރެއިން
މިއަދު ބޭއްވި މުޒާހަރާ ތެރެއިން
ރާއްޖެ އެމްވީ
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް
އެސީސީގެ މެމްބަރުންގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރަކޮށްފި
ގިނަ އަދަދެއްގެ އާންމުން ސޮއިކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމަށް ވަނީ ނިންމައިފަ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ނުކުޅެދިފައިކަމަށް ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަނާއި ދެކޮޅަށް, އަދި ކޮރަަޕްޝަންގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ގޮވާލާ ހުކުރު ދުވަހު ހަވީރު ކުރި މުޒާހަރާގައި ވާހަކަދައްކަވަމުން ޝުނާނާ ވިދާޅުވީ އޭސީސީގެ މެމްބަރުންގެ އަމަލުންނާއި ބަހުން ދައްކުވައިދިނީ އެބޭފުޅުންނަކީ ވަކި ފަރާތަކަށް ބުރަވެފައި ތިބި ބައެއް ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެމްބަރުން މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭކަމަށް ސުނާނާ ވިދާޅުވި އެވެ.

"ފާއިތުވެގެންދިޔަ 5 އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަންގައި ހިމެނޭ މެމްބަރުންނަށް ވަނީ ކޮރަޕްޝަންގެ އެތައް ތުހުމަތުތައް ކުރެވިފައި. އެބޭފުޅުންގެ އަމަލުންނާއި ބަހުން ދައްކުވައިދިނީ ވަކި ފަރާތަކަށް ބުރަވެފައި ތިބި ބައެއްކަން، މިގައުމުގައި ހިނގާ މައްސަލަތައް އެމީހުންނަކަށް ނުބެލޭ، އެމީހުންތިބީ ކޮރަޕްޝަންގެ މައްސަލަ ބަލަން ނުކުޅެދިފައި، އެފަދަ ނުކުޅެދޭ ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ބޭނުމެއް ނޫން" ޝުނާނާ ވިދާޅުވިއެވެ.

މީގެއިތުރުން މި މުޒާހަރާގައި ވާހަކަ ދައްކަވަމުން ޝުނާނާ ވިދާޅުވީ ބުރާސްފަތި ދުވަހު އޭސީސީން ނެރުނު ރިޕޯޓަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އޭގެ ތެރޭގައި ގިނަ ބައެއްގެ ނަން ހިމެނިފައިނުވާކަމަށެވެ.

ޝުނާނާ ވަނީ އޭސީސީގެ މެމްބަރުން އެމްއެމްޕީއާރުސީގެ ފައިސާ ބެނުންކުރިކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެފައިވާކަން ފާހަގަކުރެވި އެވެ. އަދި އެފަދަ ތުހުމަތުތަކެއް ކުރެވޭ މެމްބަރުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ގަބޫލުނުކުރާނެކަމަށްވެސް ޝުނާނާ ވިދާޅުވި އެވެ. 

މަޖިލީހުގެ މެމްބަރުން އެބޭފުޅުންގެ ޒިންމާ އަދާކުރަމަށް ގޮވާލައްވަމުން ޝުނާނާ ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބުގައި ހޮވެން ބޭނުން ނަމަ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީންނާއި މަޖިލީހުން އޭސީސީގެ މެމްބަރުން ޖަވާބުދާރީކުރުވަންޖެހޭކަމަށެވެ. އަދި ގިނަ އަދަދެއްގެ އާންމުން ސޮއިކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުންވެސް ޝުނާނާ ވަނީ އެސީސީއަކީ ފެއިލްވެފައިވާ މުއައްސަސާއެއް ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް