Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 19:01
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ (ކ) އާއި ރައީސް ނަޝީދު (ވ)
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ (ކ) އާއި ރައީސް ނަޝީދު (ވ)
ޓްވިޓަރ
އިންޑިއާ-ރާއްޖޭ
ހަމަޖެހުން ގާއިމްވެފައިވާ ރާއްޖޭ އެއް އޮތުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ވެސް މަސްލަހަތު: ރައީސް ނަޝީދު
ރައީސް ނަޝީދު ވަނީ މޮދީއާ ބައްދަލު ކުރައްވާފައި

ފުދުންތެރި، ހަމަޖެހުން ގާއިމްވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖޭ އޮތުމަކީ އިންޑިއާއި، ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑުގެ މަސްލަހަތުވެސް އޭގައި އެކުލެވިގެންވާ ކަމެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑު ވަޒީރު މޮދީއާއެކު ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. ރައިޝް ނަޝީދު ވިދާޅުވީ، މޮދީއާ ބައްދަލުވެވަޑައިގެންފައިވާތީ އުފާފާޅު ކުރައްވާ ކަމަށެވެ.  

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް އާއި ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ދައުވަތަކަށް އިންޑިއާ އަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޖޭއެންޔޫގައި ތަގްރީރް ކުރައްވާފައެވެ. އަދި މީގެއިތުރުން ރައީސް ނަޝީދު ވަނީ ބުރާސްފަތި ދުވަހު އިންޑިއާގެ ހާރިޖި ވަޒީރު ސުޝްމާ ސުވަރާޖްއާ ބައްދަލު ކުރައްވާފައެވެ.  

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުން ރާއްޖެއަށް ދިމާވެފައިވާ "ޑެޓް-ޓްރެޕް" ނުވަތަ ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ ގޮތްތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކޮށްފައެވެ.

ބުރާސްފަތި ދުވަހު އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި ދިން ހަމަލާ ރައީސް ނަޝީދު ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ރާއްޖޭ އޮންނާނީ  އެކުވެރި އިންޑިއާ އެކު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް