Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 14:51
ޑޜ.ޖަމީލް އާއި ކުރީގެ ރައީސް ޔާމިން
ޑޜ.ޖަމީލް އާއި ކުރީގެ ރައީސް ޔާމިން
ގޫގުލް
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާ ވަނީ މިނިވަން މުއައްސަސާތަކާއި ގާނޫނު ފުނޑުފުނޑުކުރުމަށް ބޭނުންކޮށްފައި: ޑރ ޖަމީލް
ރައްޔިތުންނަށް ފައިދާނުވާ ގޮތަށް ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ވަގުތުން ވަގުތަށް އުވާލަންޖެހޭ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަނީ މިނިވަން މުއައްސަސާތަކާއި ގާނޫނު ފުނޑުފުނޑުކޮށްލުމަށް ބޭނުންކޮށްފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނި އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތާއި ރައްޔިތުންނަށް ފައިދާނުވާ ގޮތަށް ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ވަގުތުން ވަގުތަށް އުވާލަންޖެހޭކަމަށާއި ހިޔާނާތުގެ ފައިސާ ވަނީ މިނިވަން މުއައްސަސާތަކާއި ގާނޫނޫ ފުނޑުފުނޑުކޮށްލުމަށް ބޭނުންކޮށްފައިކަމަށެވެ. އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތަށްވުރެ ބޮޑެތި ކޮރަޕްޝަން ފާއިތުވެގެންދިޔަ ތިން އަހަރު ހިންގާފައިވާކަމަށް ވެސް ޖަމީލް ވަނީ ތުހުމަތުކުރައްވާފައެވެ.

އެގޮތުން ރައްޔިތުން ވޯޓް ދީގެން އައްޔަނުކުރި ނައިބު ރައީސް މަގާމުން ދުރުކުރުމަށް ބާރުގެ ބޭނުންކޮށް ގަވާއިދުތައް ހަދައިފައިވާ ކަމަށް ޖަމީލް ވަނި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުން ޑރ ޖަމީލް ދުރުކޮށްފައިވަނި ބަޣާވާތްކޮށް އޭއިރު ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން އުޅުނުކަމުގެ ތުހުމަތުގައި މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓުން މެމްބަރުންގެ އިއްތިފާގުންނެވެ. އޭރު މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ޕީޕީއެމްކަން ފާހަގަކޮށްލެވެއެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާއިން އެންމެ ބޮޑަށް ފައިދާ ނެގި މީހުން މިހާރު ވެސް ސަރުކާރުގެ އެކި މަގާމުތަކުގައި ފިލާ ތިބިއިރު އެމީހުންގެ ބާރު އަދިވެސް އެހާ ގަދަ ކަމަށެވެ. ޑރ ޖަމީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވި ޒީރޯ ޓޮލެރެންސް ޕޮލިސީ ހަރުދަނާ ޕޮލިސީއަކަށް ވާނީ ސިޔާސީ ނުފޫޒަކަށް ބެލުމެއް ނެތި ބޮޑު ހިޔާނާތުގައި ބައިވެރިވި ހުރިހާ މީހުންނާއި މެދުގައި އެކަށީގެންވާ ފިޔަވަޅު އެޅިގެންކަމަށެވެ  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް