Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 11:56
އަކުރަމް ކަމާލުއްދީން
އަކުރަމް ކަމާލުއްދީން
މުހައްމަދު ޝަރުހާން
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް
ރައީސް ސޯލިހުގެ ނިންމެވުމަށް އިހުތިރާމްކުރަން: އަކްރަމް
ގޭގައި މަޑުކުރުމަށް އަންގާފައިވަނީ މައްސަލަ ތަހުގީގުކޮށް ނިމެންދެން
އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވަނީ 30000 ޑޮލަރު ޖަމާވެފައި

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކުރި މައްސަލައިގައި ގޭގައި މަޑުކުރައްވަން ރައީސް ސޯލިހް އެންގެވި އެންގެވުމަށް އިހުތިރާމު ކުރައްވާކަމަށް އަކްރަމް ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ނެރުނު ރިޕޯޓުގައި އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތްތައް ހިންގި ސްކޯސް އޮފް ފްލެއާ (އެސްއޯއެފް) އިން އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވަނީ 30000 ޑޮލަރު ޖަމާކޮށްފަ އެވެ. މިކަމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލައަށް ވަކި ގޮތެއް ބަލައި ނިމެންދެން އަކްރަމް މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފައެވެ.

މިކަމާއި ގުޅިގެން އަކްރަމް ކުރެއްވި ޓޫވީޓެއްގައި ބުނެފައިވަނީ ހިޔާނާތުގެ މައްސަލައިގައި މަގާމާއި ޒިންމާއިން ސިޔާސީ ބޭފުޅުން ސަސްޕެންޑް ކުރުމަށް ރައީސް ސޯލިހު ނިންމެވި ނިންމުމަށް އިހްތިރާމްކުރާ ކަމަށާއި އެ މައްސަލަ ވިހާވެސް އަވަހަކަށް ބަލައި ރައްޔިތުންނަށް ތަހިގީގުން ހޯދާ ކަންކަން ހިއްސާކުރަންޖެހޭކަމަށެވެ.

އޭސީސީން ނެރުނު ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު (192.75 މިލިއަން ރުފިޔާ) އެވެ. ހިޔާނާތްވީ 1.3 ބިލިއަން ރުފިޔާއަށް ވާ ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އަދި އެސްއޯއެފް އިން ވަނީ އެ ފައިސާތައް އެކި އެކައުންޓްތަކަށް ޖަމާކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، މަޖިލިސް މެމްބަރުން އަދި ވިޔަފާރިވެރިން ވެސް ހިމެނެއެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް