Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 09:16
ވެލިދޫގައި ކައިވެނިކުރިކަމަށް ބުނާ ދެ ފަތުރުވެރިން
ވެލިދޫގައި ކައިވެނިކުރިކަމަށް ބުނާ ދެ ފަތުރުވެރިން
އިންސްޓަގްރާމް
ވެލިދޫ ކައުންސިލް
ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
ފޮޓޯއަކީ އިންހައުސް ގެސްޓުންނަށް ޚާއްސަކުރެވިގެން ހިންގި އެންޓަޓައިނިން ޕްރޮގްރާމެއްގައި ނަގާފައިވާ ފޮޓޯއެއް

ނ. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން "ރަމްޒީ ކައިވެންޏެއް" ކުރި ކަމަށް ސައްޚަ މަލޫއުލޫމާތު ނުހޯދާ "ވަގުތު އޮމްލައިން" ގައި ޝާއިއު ކުރި ކުރިން ވެލިދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ވެލިދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވަނީ އެ ކައުންސިލުން ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ ކައިވެނީގެ ފޮޓޯއަކީ ގެސްޓް ހައުސްގައި ގެސްޓުންނަށް ޚާއްސަކުރެވިގެން ހިންގި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމެއްގައި ގުރުއަތުން ދިމާވި ޓާސްކް ފުރިހަމަކުރުމުގެ ގޮތުން ކަޕަލްއެއްގެ ގޮތުގައި ޑްރެސްކޮށްގެން ހިންގި މަންޒަރެއްގެ ފޮޓޯއެއް ކަމަށެވެ.

ދިވެހި، އަރަބި އަދި އެހެން ގައުމުތަކުގެ ސަޤާފަތްތަކާ ގުޅޭ ޕްރޮގްރާމްތަކާއި، އެހެން ގައުމުތަކުގެ ހެދުންތައް ދައްކުވައިދޭ ޕްރޮގްރާމްތައް އެ ގެސްޓު ހައުސިން އިން ހިންގާ ކަމަށް ބަޔާނުގައި ވެއެވެ.

ވަގުތު އޮންލައިން އިން ޝާއިޢުކުރި ފޮޓޯގަނޑަކުން މުޖްތަމައުގައި ފިތުނަ އުފެދި ފަސާދަވެ ގައުމުގެ ސުލްހަމަސްލަހަތު ގެއްލޭފަދަ ގޮތަކަށް ޚާއްސަކޮށް ވެލިދޫގެ ނަން ބޭނުންކޮށްގެން ލިޔުނުއިރު އެކައުންސިލްގެ ބަހެއް ހޯދާފައި ނުވުމާއި ކަމާއިބެހޭ ފަރާތުން ސައްޚަ މައުލޫމާތު ނުހޯދާ އެފަދަ ޚަބަރެއް ޝާއިޢު ކުރުން އެކައުންސިލުން ވަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
15 ފެބްރުއަރީ 2019 | ހުކުރު 04:29
Tihu
Vaguthunoos varah kadahama
15 ފެބްރުއަރީ 2019 | ހުކުރު 04:28
Hul
Vaguthu noohakee mauloomaathu saafunukoh habarufathuraa baebbaa theethedhunama varahkaދvarahkadadhs