Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 01:26
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން
ރާއްޖެ އެމްވީ
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް
ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު ޖަމާވެފައިވާކަން ވަނީ ހާމަވެފައި
މިނިސްޓަރު ކަމަށް ރުހުންދިން މަރުހަލާގައި މައްސަލައެއް ބަލަމުން ނުދާ ކަމަށް އޭސީސީން އެންގި

އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ މައްސަލާ އޭސީސީން ތަހުގީގުކުރި އިރުގައި ޑޮލަރު ގަތް ފަރާތްތަކާއި ސުވާލުކޮށްފައި ނުވާކަން ހާމަވެއްޖެއެވެ.

ތަހުގީގަށްފަހު އޭސީސީން އާންމުކުރި ރިޕޯޓުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާއެކު ކުރެއްވި ފައިސާގެ މުއާމަލާތާއި ގުޅިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު ޖަމާވެފައިވާ ވަނީ ހާމަވެފައެވެ. މަހުލޫފުގެ އިތުރުން މިނިސްޓްރީ އޮފް ޕްލޭނިންގގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވަނީ 30000 ޑޮލަރު ވަދެފައެވެ.

މިމައްސަލައާ ގުޅިގެން މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމަށް ރުހުންދިން މަރުހަލާގައިވެސް އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް އެސީސީން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. މަހުލޫފަށް ވަޒީރުކަމުގެ ރުހުންދިނީ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހުއެވެ. 

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިމައްސަލާގެ ތަހުގީގުގައި އޭސީސީން ސުވާލު ނުކުރީ އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޑޮލަރު ގަތް ފަރާތްތަކާއި ބެހޭ ގޮތުން އޭސީސީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ މިތަހުގީގުގައި ސުވާލު ނުކުރި ސަބަބު ރިޕޯޓު ގައި ހިމަނާފައިވާ ކަމަށެވެ.

މިރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ޕްރައިވެޓް ކުންފުންޏެއްގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު އެފައިސާ 155 ފަރާތެއްގެ އެކައުންޓްތަކަށް އެކުންފުނިން ޓްރާންސްފަރ ކޮށްފައިވާއިރު އެފަރާތްތަކަކީ އެކުންފުނިން ކޮންގޮތަކުން ފައިސާދޭންޖެހޭ ފަރާތްތަކެއްތޯ އާއި އަދި އެފަރާތްތަކުގެ އެކައުންޓްތަކަށް އެފައިސާ ޖަމާކޮށްފައިވަނީ ކީއްވެގެންތޯ މިއީ ބަލަންޖެހޭ ކަންކަން ކަމަށާއި، އަދި އެއީ އެފަރާތްތަކުގެ ގާނޫނީ ހައްގުތަކެއްގެވެސް އެކަންކަމުގައި އެކުލެވިގެންވާ ކަންކަން ކަމުގައިވާތީ މިކަން ކޮމިޝަނުން އިތުރަށް ތަހުގީގުކޮށް ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން ހިޔާނަތްތެރިވެފައިވާ ގިނަ އަދަދެއްގެ ފައިސާ ކޭޝްގެ ގޮތުގައި ބޭންކުން ނަގާފައިވާތީ، މިފައިސާ އަސްލު ގޮސްފައިވާ ފަރާތްތައް ދެނެގަތުމަށްޓަކައި ކޮމިޝަނުން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ތަހުގީގުގައި ހޯދިފައިވާ ހުރިހާ މައުލޫމާތުތައް ހިމަނައިގެން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ. 

އަދި މިފައިސާގެ މުއާމަލާތްތަކުގައި އިސްކޮށް އުޅުނު ފަރާތްތައް ތަހުގީގަށް ހާޒިރުކުރުމަށް ކުރެވުނު، މަސައްކަތުން އެފަރާތްތައް ހާޒިރުކުރެވިފައި ނުވާތީއާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެފަރާތްތަކުގެ މައްޗަށް ރެޑް ނޯޓިސް ނެރެފައިވީ ނަމަވެސް މިހާތަނަށް އެފަރާތްތައް ރާއްޖެއަށް ގެނެވިފައިނުވާތީއާ މިމައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނީ އެފަރާތްތައް ތަހުގީގަށް ހާޒިރުކުރެވިގެން ކަމަށްވާތީ ޕޮލިސް ސަރވިސްއާ ގުޅިގެން މިމައްސަލާގައި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމަށާއި، މިމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމާފައިވާކަންވެސް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް