Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 23:28
ރައީސް ސޯލިހު
ރައީސް ސޯލިހު
މުހައްމަދު ޝަރުހާން
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް
ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގާ އެއް ނުދޭނެ ކަމަށް ވިދާޅުވި

އެމްއެމްޕީއާރްސީގެ ތަހުގީގު ނިމުނު ފަހުން އެ ރިޕޯޓް އާއްމުނުކޮށް ބޭއްވީ ކީއްވެގެންތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު އުފައްދަވައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިންނަވަރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ޖީހާން މަހުމޫދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި ރައީސް ސޯލިހު ވަނީ އެމްއެމްޕީއާރްސީގެ ރިޕޯޓް މިހާ ދުވަސް ވަންދެން އާންމު ނުކޮށް ބާއްވާފައި އޮތީ ކީއްވެގެންތޯ އާއި އެ ރިޕޯޓް އިއުލާން ކުރަންވީ މިއަދުތޯ ސުވާލު ކުރައްވާފައެވެ.

''ކޮރަޕްޝަން އަށް އެންމެ ޖާގާ އެއްވެސް މި ސަރުކާރުން ނުދޭނެ ކަމުގެ ވައުދު އެކަން ފުރިހަމަ ކުރުމަށްޓަކައި އިއްޔެ އެވަނީ އޭގެ ލޯންޗިން ބާއްވާފައި. މިއަދު އަޅުގަނޑުމެންނަށް އަޑު އިވިގެން މިދިޔައީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓް އެސީސީން އިއުލާންކޮށްފައި. އެއްގޮތަކުން ރަނގަޅު. އެހެން ނަމަވެސް ސުވާލަކީ، ތިން އަހަރު އެ ބަލައި ނިންމާފައި ފޮރުވާފައި ބޭއްވީ ކިއްވެތޯ؟ މިއަދުތޯ އިއުލާން ކުރަންވީ؟'' ރައީސް ސޯލިހު ވިދާޅުވިއެވެ.  

އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް ކުރަން ޖެހޭ ހުރިހާ ކަމެއް މިސަރުކާރުން ކުރާނެ ކަމަށެވެ.

 ''އަޅުގަނޑު އޭސީސީ އަށް މިރޭ ދަންނަވާލަން ބޭނުންވަނީ ލަސް ނުކުރައްވާ އޭގައި ހުރި މީހުންގެ މައްސަލަތައް ބައްލަވައިދެއްވުމަށް. ބައްލަވައި އޭގައި ކުށްވެރިވާ ފަރާތްތަކުގެ ތެރެއިން ޝަރީއަތަށް ފޮނުވަން ޖެހޭ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ޝަރީއަތް ކުރަން'' ރައީސް ސޯލިހު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
15 ފެބްރުއަރީ 2019 | ހުކުރު 01:55
ހިލަބެ
އަހަރެމެނަށް މިހިރީ ގަދަރައީސެއް ކިބިފައި ސާބަހޭ މިއޮތީ 155 ވަގުން ފޮރުވާފައޮއްވާ ނެރެފަ ދެން އަދީބު ދޫކޮށްލާ ހާދަ އަނިޔާއެއް އަދީބަށް ދީފިޔޭ މީހަމަ ޔާމީނުގެ ރޭވުން