Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 22:05
ބިލެއްދޫ ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ބިލެއްދޫ ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ބިލެއްދޫ
ބިލެއްދޫގެ ތަރައްގީގެ މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފި
އުމްރާނީ ވަސީލަތްތަކުގެ ދަތިކަން ހައްލުކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ފ.ބިލެއްދޫގެ ތަރައްގީއަށް މިހާރުން މިހާރަށް ބޭނުންވާ ކަންކަމާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ކައުންސިލުން ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސްއާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި، މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން ރައީސް ސޯލިހުގެ ސަމާލު ކަމަށް ގެނެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ބަނދަރުގެ ދަތިކަމާއި، އުމްރާނީ ވަސީލަތްތަކުގެ ދަތިކަން ހައްލުކުރުން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ބިލެއްދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ ގުޅިގެން ކުރިއަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށާއި، މިނިސްޓްރީތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް