Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 20:25
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު
މުހައްމަދު ޝަރުހާން
ރައީސް އޮފީސް
ޕްރައިވަޓައިޒޭޝަން ބޯޑާއި ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓް އުފައްދަވައިފި
މިދެތަން ހިންގަމުންދަނީ ފިނޭންސް މިނިސްޓްރީގެ ދަށުން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް" އާއި "ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދައިފިއެވެ.

ރައީސް އޮފީހުން ބުނީ މިމަހުގެ 12 ވަނަ ދުވަހު "ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް" އުފައްދަވާފައި ވަނީ ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ. 

އަދި "ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއަޓް" އުފައްދަވާފައި ވަނީ ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދެތަން ހިނގަމުންދާނީ މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުންކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް