Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 18:29
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް
ރައީސް އޮފީސް
ރައީސް ޔާމީން
ޔާމިންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިމިއްޖެ
އަޑުއެހުންތައް ބޭއްވީ ސިއްރުކޮށްގެން

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ބެންކް އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު ތިން އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅާދޭން އެދި ހައިކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.  

ބުރާސްފަތި ދުވަހު ހައިކޯޓުގައި ބޭއްވި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮން ހުޅުވާލައިގެނެއް ނޫނެވެ. ނަމަވެސް ހައި ކޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ފަހު ވަނީ އަޑުއެހުންތައް އެއްކޮށް ނިންމާލާފައެވެ. އެހެން ކަމުން ދެން އޮންނާނީ މައްސަލައިގެ ހުކުމެވެ.

ރައީސް ޔާމިންގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.  

ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކައުންޓުތައް ފްރީޒް ކުރަން ނެރުނު ކޯޓު އަމުރުތަކަކީ ޖިނާއި އިޖުރާއަތުގެ ގާނޫނާ ޙިލާފަށް، އަދި އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ނެރިފައިވާ އަމުރުތަކެއް ކަމަށެވެ. އަދި އެކަމަކީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށްވެސް ތުހުމަތުކުރެއެވެ.  

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފްރީޒްކުރި އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ. އެކަމަކު ޔާމީންގެ ވަކީލުންގެ ޓީމުން ކުރިން ބުނެފައިވަނީ އެކައުންޓް ފްރީޒްކުރީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމުގައި ގާނޫނީ މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް