Advertisement
ކ. މާލެ
|
15 ފެބްރުއަރީ 2019 | ހުކުރު 11:41
ފަންނާނުން ގެނައުމަށް ހޭދަކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާ
ފަންނާނުން ގެނައުމަށް ހޭދަކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާ
މުހައްމަދު ޝަރުހާން
އެމްއެމްޕީއާރުސީގެ ހިޔާނަތް
ބޮޑު ހިޔާނާތް: ބޭރުގެ ފަންނާނުން ގެނައީ އެމްއެމްޕީއާރްސީގެ ފައިސާއިން!
ޖެމެއިކާގެ މަޝްހޫރު ރެޕަރ ޝޯން ޕޯލް، އޭކަން، އަދި މަޝްހޫރު އިންޑިޔަން ބޭންޑް ސަނަމް ޕޫރި ރާއްޖެ ގެނައުމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާއިން ވަނީ ހޭދަކޮށްފައި

ބޭރުގެ މަޝްހޫރު ފަންނާނުން ގެނެސްގެން ބޭއްވި ޝޯތަަކައް ޚަރަދުކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން ފަޅާއަރައިފިއެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތް ތަހްގީގުކުރުމަށް ފަހު އޭސީސީން ނެރެފައިވާ ރިޕޯޓްގައިވާ ގޮތުން 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގެ ނަމުގައި މާލޭގައި ބޭއްވުނު ބޮޑު މިއުޒިކް ޝޯއާއި، އަދި އޭގެ އިތުރުން 2015 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބައެއް ފަންނާނުން ރާއްޖެ ގެނެސް ބޭއްވި މިއުޒިކް ޝޯއަށް ޚަރަދުކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާއިން ހަރަދުކޮށްގެން ޝޯ ބާއްވަން ރާއްޖެ ގެނެސްފައިވާ ފަންނާނުންގެ ތެރޭގައި މަޝްހޫރު ރެޕް ލަވަކިޔުތެރިޔާ ޝޯން ޕޯލް، އޭކޮން، އަދި އިންޑިޔާގެ މިއުޒިކް ބޭންޑް ސަނަމް ޕޫރީ ހިމެނެއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން 2015 ވަނަ އަހަރު ފެށުމަށް ރާއްޖެ ގެނެސްގެން ބޭއްވި ޝޯގެ ކަންތައްތައް އޮގަނައިޒް ކުރުމަށް އިންފިނިޓ ޕްރޮޖެކްޓް ކްރިއޭޝަންސް ލިމިޓެޑްއަށް އައްޑިހަހާސް ހަތަރު ސަތޭކަ އައްޑިހަ އަށް ޑޮލަރު ތިރީސް ސެންޓް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދޫކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން 2015 ވަނަ އަހަރު ފެށުމުގެ ގޮތުން ބާއްވަން މަސައްކަތް ކުރެވުނު މިއުޒިކް ޝޯއަށް ޖެމެއިކާއަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕަރު ޝޯން ޕޯލް ރާއްޖެ ގެނައުމަށް މަސައްކަތް ކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާއިން މި ކަމަށް ގާތްގަނޑަކަށް 3.4 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަން އޭސީސީގެ ތަހްގީގް ރިޕޯޓްއިން ހާމަވެއެވެ. 

މި ފައިސާ ދައްކާފައި ވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) ގައި ހުޅުވާފައިވާ އެސްއޯއެފްގެ  ޑޮލަރު އެކައުންޓުން އެމެރިކާގެ "ޓީޒެލް ޓްރެވަލް އެލްއެލްސީ އަށް އެއް ލައްކަ ތިރިސް ހާސް ފަސްދޮޅަސް ހަތަރު ޑޮލަރު ހަތްދިހަ ނުވަ ސެންޓް ވަނީ ދަތުރުގެ ހަރަދުގެ ގޮތުގައި ފޮނުވާފައެވެ. މީގެ އިތުރުން ޝޯން ޕޯލް ގެނައުމަށް ޖެމެއިކާގެ ހެޑްލައިން އެންޓަރޓެއިންމެންޓް ލިމިޓެޑަށް އައްޑިހަ ނުވަހާސް އެއްސަތޭކަ ސާދަ ޑޮލަރު ބާވީސް ސެންޓް ވަނީ ފޮނުވާފައެވެ.

މި ފަދަ ބޮޑު ހޭދައެއް ޝޯން ޕޯލް ގެނައުމަށްކޮށްފައިވާއިރު، އޭނާއަށް މަރުގެ އިންޒާރުދޭ ވީޑިއޯ އެއް ރާއްޖޭގައި އާންމުކުރުމާއި، ގުޅިގެން އޭނާ ވަނީ ރާއްޖެ ނައިސް ޝޯ ކެންސަލްކޮށްފައެވެ.

މީގެ އިތުރުން 2015 ވަނަ އަހަރު އިންޑިޔާގެ މަޝްހޫރު މިއުޒިކް ބޭންޑް ސަނަމް ޕޫރީ ގެނެސްގެން އައްޑޫސިޓީގައި ބޭއްވި މިއުޒިކް ޝޯއަށް ޚަރަދުކޮށްފައިވަނީ ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ކަމަށް ބެލެވޭ ކަމަށް އޭސީސީން ބުނެ އެވެ. 

ސަނަމް ޕޫރީ ރާއްޖެ ގެނައުމަށް އިންޑިޔާގެ ކުރިއަން އެންޑް ކޯ، އަށް ފަންސާސް ހާސް އެމެރިކާ ޑޮލަރުވަނީ ފޮނުވާފައެވެ. އެ ފައިސާ ފޮނުވާފައިވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން އެންމެ ގިނަ އަދަދަކަށް ފައިސާ ވިތްޑްރޯކޮށްފައިވާ އަދި މިހާރު ވެސް ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވާ އަޙްމަދު އިޝްފާހު ޢަލީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް