Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 15:20
ރައީސް ޔާމީން ޕީޖީއާ މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ:- ޕީޖީ އޮފީހުން ދައުވާކުރި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައި
ރައީސް ޔާމީން ޕީޖީއާ މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ:- ޕީޖީ އޮފީހުން ދައުވާކުރި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައި
މުހައްމަދު ފަޒީން
ޔާމިންގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ މައްސަލަ
ޔާމިންގެ މައްޗަށް ދައުވާކުރި މައްސަލައިގެ އަޑުއެހުންތައް އާދީއްތައިގައި ފަށަނީ
އާޒިމާއަށް އަދި ދައުވާ ކުރަން ނުނިންމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މަނީ ލޯންޑާކުރުމުގެ މައްސަލައިގެ އަޑުއެހުންތައް އާދީއްތަ ދުވަހު ފަށަން ނިންމައިފިއެވެ.  

މަނީ ލޯންޑާކުރުމާއި، ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ޔާމިންގެ މައްޗަށް ޕްރޮސެކިއުޓާރ ޖެނަރަލް އައިޝަތު ބިޝާމް ދައުވާ އުފުއްލެވީ ބުދަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވަން ތާވަލުކޮށްފައި ވަނީ އާދިއްްތަ ދުވަހުގެ ހެނދުނު 9:30 ގައެވެ.

މަނީ ލޯންޑާކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިކަން ދެއްވުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީ އޮޅުވާލާފައިވާ ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލައިގައި އަދި ޕީޖީން ދައުވާ ކުރުމާ މެދު ގޮތެއް ނުނިމައެވެ.  

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި، އެފައިސާ ލޯންޑާކޮށް އަދި އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުޤީޤާ ގުޅިގެން ހިންގާފައިވާ މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައީސް ޔާމިން މިނިސްޓަރުކަމުގެ ފަތްކޮޅު އާޒިމާ އާއި ހަވާލު ކުރައްވަނީ:-އަޒިމާއަށް ވެސް ދައުވާ ކުރަން ވަނީ ފޮނުވާފައި

އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި، އެފައިސާ އަނބުރާ ދައުލަތަށް ހަވާލުކުރަން އެންގެވުމުން އެކަން ނުކުރައްވައި އެ ފައިސާ އެމަނިކުފާނުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ދައުރުކޮށް އެއިން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް