Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 13:23
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން، އަދި ނައިބް ރައީސް ފައިސަލް ނަސީމް
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން، އަދި ނައިބް ރައީސް ފައިސަލް ނަސީމް
ހެލްތު މިނިސްޓްރީ
ހެލްތު ސާރވޭ އާންމު ކުރުން
މިސްރާބު ރަނގަޅުވެ ކަންކަން ފަހިވެ ވެގެންދާނީ ރަނގަޅު މައުލޫމާތުގެ މައްޗަށް ނިންމޭ ނިންމުންތަކުގެ އަލީގައި: ހެލްތު މިނިސްޓަރ
ފަންނީ އެހީތެރިކަމާއި ރަނގަޅު ވިސްނުމުގެ މައްޗަށް ސިޔާސަތުތަށް ބައްޓަން ކުރަން ޖެހޭ
ފިރިހެނުންގެ 50 އިންސައްތަ މީހުން ހެޔޮވަރު އިސްކޮޅާއި ބަރުދަނުގައި ތިބިކަމަށް ދިރާސާއިން ދައްކާ

މިސްރާބު ރަނގަޅުވެ, ކަންކަން ފަހިވެ ވެގެންދާނީ ރަނގަޅު މައުލޫމާތުގެ މައްޗަށް ނިންމޭ ނިންމުންތަކުގެ އަލީގައި ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު ބޭއްވި މޯލްޑިވްސް ޑިމޮގްރަފިކް އެންޑު ހެލްތު ސާރވޭ 2016 އަދި 2017 އާންމުކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރވޭގައި އެކުލަވާލާފައިވާ މައުލޫމާތުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް ރައްޔިތުންގެ ގާތަށްގޮސް މިކަމަށް ކަނޑައެޅިފައިވާ ސުވަލު ދާރުން މެދުވެރިކޮށް ކަމަށެވެ. އަދި ގައުމުގެ ސިއްހީ ހާލަތު ކުރިއަށް ގޮސްފައިވާ މިންވަރާއި ބަދަލުތަށް ގެނައުމަށް ބޭނުންވާ މިންވަރާއި ކައިރި އަދި ދުރު މުސްތަގުބަލެއް ކުރެވޭ މަސައްކަތްތަސް ދެނެގަނެވިގެން ދާނެކަމަސްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ އާ ހަރުފަތަކަށް ދަތުރު ކުރަމުންދާއިރު ޚާއްސަކޮށް ސިއްހީ ދާއިރާ މުޅިން އާ ދިމާލަކަށް މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިސްރާބު ރަނގަޅުވެ ކަންކަން ފަހިވެގެންދާނީ ރަނގަޅު މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމޭ ނިންމުން ތަކުގެ އަލީގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެކަނި ހިތުލަފަޔަކަށް އުދާސްތަކުގެ މަށްޗަށް ނުވަތަ ޖަޒްބާތު ތަކެއްގެ މަށްޗަށް ނިންމޭ ނިންމުން ތަކަށްވުރެން ފަންނީ އެހީތެރިކަމާއި ރަނގަޅު ވިސްނުމުގެ މައްޗަށް ސިޔާސަތުތަށް ކަނޑައެޅިއްޖެ ނަމަ ސިޔާސަތުގެ ނަތީޖާ ދުރު މުސްތަގުބަލަކަށް ދިގު ޒަމާންތަކަކަށް ހެޔޮގޮތުގައި ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް އަންނަ ބަދަލުތަށް ނޭދެވޭ ގޮތަކަށް އަނބުރާލުމުގެ ފުރުސަތު ކުޑަވެގެން ދާނެ ކަމަށާއި  އެހެން ކަމުން ރަނގަޅު ވިސްނުމާއި ހޮޔޮބުއްދީގެ މައްޗަށް ކަންކަން ކުރަން ދަސްކުރުމަކީ އަސާސްކަމުގައި ހަދަންޖެހޭ ކަމަށެވެ.

"ސިއްހީ ދާއިރާއާއި ގުޅުންހުރި އެންމެ ގިނަ  މައުލޫމާތު އެކުލެވިފައިވަނީ މިދިރާސާގައި. އެގޮތުން  ވިހެއުމަށްފަހު ގާތުން ކިރު ދިނުމުގެ ނިސްބަތް ވަރަށްބޮޑަން ރަނގަޅު ވެފައިވާ ކަމަށް މި ދިރާސާއިން ދެނެ ގަނެވިފައިވޭ. އޭގެ ސަބަބުން ކުޑަކުދިން ހެދި ބޮޑުވުމަށް އައިސްފައިވާ ކުރިއެރުން ދެނެގަނެވިއްޖެ. އަދި ވިހެއުމގައި ސިޒޭރިއަން ހަދާމީހުންގެ ނިސްބަތް ރާއްޖޭގައި 40 އިންސައްތައަށް އަރާފައިވާ ކަމަސްވެސް މިދިރާސާގެ އަލީގައި ދެނެގެނެވިއްޖެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބީއެމްއައި އިންޑެކްސްއަށް ބަލާލާއިރުވެސް ދިވެހިންގެ ބަރުމިނާއި އިސްކޮޅު ހަމަގޮތުގައި ހުރީ އަންހެނުންގެ ތެރއިން 40 އިންސައްތަ ކަމަށާއި އެހެންކަމުން 60 އިންސައްތަ މީހުން ތިބެންޖެހޭ މިންގަނޑުން ކައްސާލާފައި ވާއިރު ފިރިހެނުންގެ 50 އިންސައްތަ މީހުން ހެޔޮވަރު އިސްކޮޅާއި ބަރުދަނުގައި ހުރިކަމަށްވެސް މި ދިރާސާއިން ދަށްކާކަމަށް ވިދާޅުވިއެވެ. އަދި ގޭތެރޭގެ މާހައުލުގައި ޑޮމެސްޓިކް ވައަރލެންސް ފަދަ މުހިންމު މައުލޫމާތުތަށް ދިރާސާއިން ހާމްވެފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް