Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 11:35
މޯލްޑިވްސް ޑިމޮގްރަޓިކް އެންޑް ހެލްތު ސާރވޭ 2016 އަދި 2017
މޯލްޑިވްސް ޑިމޮގްރަޓިކް އެންޑް ހެލްތު ސާރވޭ 2016 އަދި 2017
ރާއްޖެއެމްވީ
ހެލްތު ސާރވޭ އާންމު ކުރުން
މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 2016 - 2017 އާންމު ކޮށްފި
މި ސާރވޭ ކުރެވިފައިވަނީ "އައިސީއެފް އިންޓަރނޭޝަނަލް" ގެ އެއްބާރުލުމާއި އެހީތެރކަން ލިބިގެން
މި ސާރވޭގައި ދަރިމައިވުމުގެ ސިއްހަތާއި، އާއިލާ ރޭވުމާއި، ކުޑަކުދިންގެ ހެދިބޮޑުވުމުގެ މައުލޫމާތު ހިމެނޭ

ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ކުރާ " މޯލްޑިވްސް ޑިމޮގްރަފިކް އެންޑު ހެލްތު ސާރވޭ 2016 އަދި 2017" އާންމުކޮށްފިއެވެ.

މި ސާރވޭ އަކީ ބައިނަލް އަގުވާމީ މިންގަނޑުތަކަށް ފެތޭ އާބާދީއާއި ސިއްހަތާއި ގުޅުންހުރި މައިގަނޑު ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ކޮންމެ ފަސްއަހަރަކުން އެއް އަހަރު ކަނޑައަޅާ ދުރުމިނެއްގައި ގައުމުތަކުގައި ކުރާ ދިރާސާއެކެވެ.

މިފަދަ ދެވަނަ ދިރާސާއަކަށް ބޭނުންވާ މައުލޫމާތު  ރާއްޖޭގެ ހުރިހާ އަތޮޅަކުން އެއްކުރުމުގެ މަސައްކަތްތައް 2016 އަދި 2017 ގައި ވަނީ ފުރިހަމަ ކޮށްފައެވެ. މި ސާރވޭގެ މަސައްކަތުގައި ބައިނަލް އަގުވާމީ ފެންވަރުގައި ގައުމުތަކަށް ފަންނީ އިރުޝާދު ދޭ ފަރާތް ކަމުގައިވާ "އައިސީއެފް އިންޓަރނޭޝަނަލް" ގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައި ވެއެވެ.

މީގެ އިތުރުން އދ. ގެ ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުން ވެސް ލިބިފައި ވެއެވެ.

މި ސާރވޭގައި ދަރިމައިވުމުގެ ސިއްހަތާއި، އާއިލާ ރޭވުމާއި، ނިއުޓްރިޝަންގެ ހާލަތާއި، ކުޑަކުދިންގެ ސިއްހަތާއި، އެޗްއައިވީ (އެއިޑްސް) ފަދަ މުޖުތަމައުގައި އާންމު ވަމުންދާ ބަލިތަކާއި ބެހޭ މައުލޫމާތުތައްވެސް ހިމަނާފައި ވެއެވެ.

އަދި ކުޑަކުދިންގެ ހެދި ބޮޑުވުމާއި ހެދިބޮޑުވުމަށް ބޭނުންވާ ލޭގެ މުހިންމު މާއްދާއެއް ކަމުގައިވާ ހިމޮގުލޮބިންނާއި ބެހޭ ތަފާސް ހިސާބުތައް ވެސް މި ދިރާސާގައި ހިމަނާފައި ވެއެވެ. މިހާރު ވަނީ މިރިޕޯޓުގެ ކީއިންޑިކޭޓަރ ޕްރޮފައިލެއް ވެސް ތައްޔާރު ކުރެވިފައެވެ  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް