Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 16:23
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
ސަން
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި
776 ސަފްހާގެ އެ ރިޕޯޓް އޭސީސީން އާންމު ކޮށްފައިވަނީ ބުރާސްފަތި ދުވަހު

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހިންގި ތަހުގީގުގެ ތަފްސީލީ ރިޕޯޓް އާންމު ކޮށްފިއެވެ. 

776 ސަފްހާގެ އެ ރިޕޯޓް އޭސީސީން އާންމު ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ފައިސާ ވަން ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ނަންތަކާއި ތަފްސީލު ވެސް ހިމެނެ އެވެ.

ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު (192.75 މިލިއަން ރުފިޔާ) އެވެ.

އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އެސްއޯއެފްގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކްތައް އެންޑޯޒްކޮށްގެން ވަނީ ޖަމާކޮށްފައެވެ. އެސްއޯއެފްގެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު (916.64 މިލިއަން ރުފިޔާ) ވަނީ ޖަމާކޮށްފައެވެ. މީގެ އިތުރަށް އެހެނިހެން އެކައުންޓްތަކަށް 5.55 މިލިއަން ޑޮލަރު  އެމްއެމްޕީއާރުސީގެ އެކައުންޓުން(85.581 މިލިއަން ރުފިޔާ) ވަނީ ޖަމާކޮށްފައެވެ.

"އެ ރަށްރަށާއި ފަޅުތަކުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ނަގާފައިވާ ފައިސާ ދައުލަތުގެ އެކައުންޓްތަކަށް ޖަމާކުރުމުގެ ބަދަލުގައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކަށް ޖަމާކޮށްފައި" އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ވެއެވެ.

ރިޕޯޓުން އެނގޭ ގޮތުގައި ސ.ފޭދޫ، ބާނި، ޢަބްދުالله ރަޝީދު އަކީ އަމިއްލަ ފަރުދަކަށް އެސް.އޯ.އެފް މެދުވެރިކޮށް އެމް.އެމް.ޕީ.އާރް.ސީއަށް ލިބެންޖެހޭ އެންމެ ގިނަ އެމެރިކާ ޑޮލަރު ދީފައިވާ ފަރާތެވެ. އޭނާއަށް ހަތަރު މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ. ޢަބްދުالله ރަޝީދުގެ ނަމުގައި 2014 އަދި 2015 ވަނަ އަހަރު އެއްވެސް ވިޔަފާރިއެއް އޮންނަކަމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ މަޢުލޫމާތުން އެނގޭކަށް ނެތެވެ.

ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރަށާއި ފަޅު ހިމެނޭގޮތަށް ޖުމުލަ 49 އެގްރީމެންޓްގެ ދަށުން 57 ތަނެއް ދޫކޮށްފައިވާއިރު، އޭގެ އިތުރަށް އޮފަރ ލެޓަރ ދޫކޮށް، ފައިސާގެ މުޢާމަލާތް ކޮށްފައިވާ 8 ތަނެއްގެ އެގްރީމެންޓް ހަދާފައެއް ނުވެއެވެ. ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ތެރެއިން އެގްރީމެންޓްއެއްގެ ދަށުން އެންމެ ފަހުން ދޫކޮށްފައިވަނީ 8 އޮކްޓޫބަރު 2015 ގައި ދޫކޮށްފައިވާ ފަޅެވެ.

އެސްއޯއެފްގެ ފައިސާ ޖަމާވި އެކައުންޓްތަކުގެ ތަފްސީލް:

 

 

 
 
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް