Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 10:42
ޗެއަރމަން އަހުމަދު ބިން އަގީލް އަލް ޚަތީބާއި ފޮރިން މިނިސްޓރަ ބައްދަލުކުރައްވަނީ
ޗެއަރމަން އަހުމަދު ބިން އަގީލް އަލް ޚަތީބާއި ފޮރިން މިނިސްޓރަ ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ސައުދީ
ސަޢޫދީ ފަންޑުން ވެސް ރާއްޖެއަށް އެހީދެނީ
ސަޢޫދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވީ ބުދަ ދުވަހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޒު ކުރުމަށް ސަޢޫދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެފަންޑުގެ ޗެއަރމަން ވިދާޅުވެއްޖެއެވެ.

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަހުމަދު ބިން އަގީލް އަލް ޚަތީބު މިޔަޤީންކަން ދެއްވީ ބުދަ ދުވަހު ސަޢޫދީގެ ވެރިރަށް ރިޔާޒްގައި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު، ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތު އަލް ޚަތީބް އާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ޙިއްސާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ. މިނިސްޓަރ ޝާހިދު ސަޢޫދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު އެޤައުމުގެ ޚާރިޖީ ވަޒީރު ޑރ. އިބްރާޙިމް ބިން ޢަބްދުލްޢަޒީޒް އަލްއައްސަފްއާވެސް ބައްދަލުކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ދެއްވަމުން ގެންދަވާ އެހީއަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓް ޑރ. މާޖިދް ބިން ޢަބްދުﷲ އަލް ޤަޞަބީ އާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހި ވިޔަފާރިވެރިންނާއި ސަޢޫދީ ވިޔަފާރިވެރިންގެ މަހާސިންތާއެއް ރިޔާޟްގައި ބޭއްވުމާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވިކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސަޢޫދީއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެޤައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް