Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 08:53
އެމްޑީޕީގެ ފަރާތުން މަޖިލީސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން
އެމްޑީޕީގެ ފަރާތުން މަޖިލީސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން
މުހައްމަދު ޝަރުހާން
މަޖިލީސް އިންތިހާބު 2019
އެމްޑީޕީ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް މިއަދު ހުށަހަޅަންޖެހޭނެ!
މިރޭ 8:00 ގެ ކުރިން ކެނޑިޑޭޓުންގެ މާލީ ބަޔާންތައް އެމްޑީޕީއަށް ހުށަހަޅަންޖެހޭ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓުންގެ މާލީ ބަޔާންތައް މިއަދު (ބުރާސްފަތި ދުވަހު) ހުށަހަޅަންޖެހޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ. 

އެމްޑީޕީން ބުނީ މާލީ ބަޔާން ހުށައަޅަން ޖެހޭ ފޯމެޓް ކެނޑިޑޭޓުންނާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ފެބްރުއަރީ 14 ވަނަ ދުވަހު ރޭގަނޑު 8:00 ގެ ކުރިން މާލީ ބަޔާން ހުށައަޅަންޖެހޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ. 

އެމްޑީޕީން ބުނީ މާލީ ބަޔާންތައް ކެނޑިޑޭޓުން ހުށަހެޅުމާއެކު، އެ މާލީ ބަޔާންތައް އާންމުކުރާނެ ކަމަށެވެ. އެގޮތުން އެ މާލީ ބަޔާންތައް އެމްޑީޕީގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ. 

އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ 86 ދާއިރާއަށް ކެނޑިޑޭޓުން ވާދަކުރާނެއެވެ. 

އެމްޑީޕީއަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ޕާޓީތަކުގެ ތެރެއިން، ކެނޑިޑޭޓުންގެ މާލީ ބަޔާންތައް އާންމުކުރުމަށް އެންގި ހަމައެކަނި ޕާޓީ އެވެ. އިތުރު ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުންނަށް މާލީ ބަޔާންތައް އާންމުކުރުމަށް އަންގާފައެއް ނުވެ އެވެ. ނަމަވެސް ބައެއް އަމިއްލަ ކެނޑިޑޭޓުން ވަނީ މާލީ ބަޔާންތައް މިހާރު ވެސް ހާމަކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް