Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 02:15
ފަންނާނުންގެ ފޯރަމްގެ ތެރެއިން
ފަންނާނުންގެ ފޯރަމްގެ ތެރެއިން
ޓްވިޓަރ
ހެރިޓޭޖު މިނިސްޓްރީ
ބަހާއި އަދަބިއްޔާތުގެ ފޯރަމެއް ބާއްވަނީ
މިފޯރަމް އޮންނަނީ ބުރާސްފަތު ދުވަހުގެ ރޭ 8:45 ގައި

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފަންނުވެރިންގެ ހާއްސަ ފޯރަމެއް ބާއްވަން މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ނިންމައިފި އެވެ.

އެ ފޯރަމް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ނޭޝަނަލް އާޓް ގެލެރީގައެވެ.

މިއީ ކަލްޗާ މިނިސްޓްރީއާއި ދިވެހި ބަހުގެ އެކަޑަމީން ބާއްވާ ފޯރަމެކެވެ. ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން މިފޯރަމްގައި ގިނަ ޅެންވެރިންނާއި، ލިޔުންތެރިންނާއި، އަދި ވާހަކަދެއްކުންތެރިން ބައިވެރިވާނެއެވެ. 

ހެރިޓޭޖް މިނިސްޓްރީން ބުނީ މިފޯރަމްގެ މައިގަނޑު މަގުސަދަކީ އެ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި، ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުން ކަމަށެވެ. އަދި ކުރިއެރުމާއި ތަރައްގީއަށްޓަކައި ބިނާކުރަނިވި ފާޑާއި ހަރުދަނާ ހިޔާލު ވަރަށް މުހިންމު ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ. 

ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފަންނުވެރިންގެ ފޯރަމްގައި މިނިސްޓަރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގަންނަވާނެއެވެ. 

ހެރިޓޭޖް މިނިސްޓްރީން އަންނަނީ އެމިނިސްޓްރީގެ މެންޑިޑޭޓްގައި ހިމެނޭ ކަންކަމަށް ހައްލު ހޯދުމަށްޓަކައި ތަފާތު އެކިއެކި ފޯރަމްތައް ބާއްވާ ދާއިރާގެ މަސައްކަތް ކުރާ މީހުންގެ ހިޔާލުތައް ހޯދަމުންނެވެ. އެގޮތުން ދިވެހި ފިލްމީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވާފައިވާއިރު، މިއުޒިކީ ފަންނާނުންނާ އެކު ފޯރަމެއް ބާއްވައި އެ ފަންނާނުންގެ ހިޔާލު ވެސް ވަނީ ހޯދާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް