Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2019 | ބުރާސްފަތި 00:43
އަދާލަތު ޕަޓީގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އަދާލަތު ޕަޓީގެ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އަލީ ސަމާޚް
އަދާލަތު ޕާޓީ
ވެރިކަން ދެމެހެއްޓުމަށް ވާންޖެހުނު ކޮންމެ ގުރްބާނީ އެއް މިދަނީވަމުން: އިމްރާން
އަދާލަތުން ވާދަ ކުރަނީ 8 ދާއިރާ އަކަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރްބާނީ އެއް އަދާލަތު ޕާޓީން ވަމުންދާ ކަމަށް އެ ޕާޓީގެ ރައީސް ޝޭއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.  

މި އަހަރު އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތު ޕާޓީން ވާދަކުރާ ފަރާތްތަކަށް ޓިކެޓް ދިނުމަށް އެޕާޓީގެ އޮފީހުގައި ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، މި ވެރިކަން ގާއިމް ކުރެވިފައި ވަނީ އަދާލަތު ޕާޓީގެ ވަރަށް ބޮޑު ގުރުބާނީ އަކާއި އެކު ކަމަށެވެ. އެގޮތުން މި ވެރިކަން ދަމަހައްޓަން އަދާލަތު ޕާޓީން މަސައްކަތްކުރާނެ ކަމަށް ހޯމް މިނިސްޓަރުކަންވެސް ކުރައްވާ އިމްރާން ވިދާޅުވިއެވެ.  

''އަދާލަތު ޕާޓީގެ ވަރަށް ބޮޑު ގުރާބާނީ އަކާއި އެކު ﷲގެ ރަހްމަށްފުޅުން މިއަދު މިވަނީ ދިވެހިރާއްޖޭގައި އަދުލުވެރި ވެރިކަމެއް ގާއިމް ކުރެވިފައި. މި ވެރިކަން ދެމެހެއްޓުމަށްޓަކައި ﷲ ރަހްމަތާއި އެކުގައި ވާންޖެހުނު ކޮންމެ ގުރްބާނީއެއް އަދާލަތު ޕާޓީން މި ދަނީ ވަމުން. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިމިލަނީ ވެސް މި ދެންނެވި މަތިވެރި މަގްސަދަށް.''

އިމްރާން ވިދާޅުވި، އަދާލަތު ޕާޓީގެވެސް މަގްސަދަކީ 19 މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދިނުން ކަމަށެވެ.  

މި ރަސްމިއްޔާތުގައި އަދާލަތުން މަޖިލީހަށް ވާދަކުރާ 8 ފަރާތަކަށް ވަނީ ޓިކެޓް ދީފައެވެ. މީގެ ކުރިން 13 ދާއިރާއަކަށް އެ ޕާޓީން ވާދަކުރާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެޕާޓިން މިހާރު ވާދަކުރަން ނިންމާފައިވަނީ އަށް ދާއިރާއަކަށެވެ.  

އަދާލަތު ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރާ ކެނޑިޑޭޓުންނަކީ:

  1. ކެލާ ދާއިރާ: ތޫބާ ރަޝީދު، ފާށަނަ، ހއ. ކެލާ
  2. މަކުނުދޫ ދާއިރާ: އަނާރާ ނައީމް، ހ. ގުރުސް، މާލެ
  3. ވައިކަރަދޫ ދާއިރާ: ހުސައިން ސަގީފް، ހިސާން، ހދ. ވައިކަރަދޫ
  4. އިނގުރާދޫ ދާއިރަ: އަހުމަދު ހުސެއިން، ފެހިވިލާ، ރ. ކިނޮޅަސް
  5. ކާށިދޫ ދާއިރާ: އަހުމަދު އަދީލް، ގަހާ، ކ. ކާށިދު
  6. މަހިބަދޫ ދާއިރާ: އަލީ އާޒިމް، ފުނަމާގެ، އދ.ހަންޏާމީދޫ
  7. މުލަކު ދާއިރާ: އައިޝަތު ރިޔާސާ، އަސުރުމާގެ، މ.ކޮޅުފުށި
  8. ނިލަންދޫ ދާއިރާ: މުސްއަބު މުހައްމަދު، މާޝް، ފ. ދަރަނބޫދޫ  

އަދާލަތުން ބުނީ މިބޭފުޅުންނަށް ޓިކެޓް ދޭން ނިންމަވާފައިވަނީ، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވުނު އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ދެ ވަނަ ދައުރުގެ 146 ވަނަ ޖަލްސާ އާއި، މި އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވި ނިންމުންތަކުގެ މައްޗަށް ކަމަށެވެ. އަދި މީގެ އިތުރުން ޖެނުއަރި މަހުގެ 27 ވަނަ ދުވަހު ބޭއްވި ރ. އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ އަށް ރިޔާއަށްކޮށްކަމަށް އެ ޕާޓީން ބުންޏެވެ.  

އެމްޑީޕީން އަދާލާތު ޕާޓީއަށް ހަ ގޮނޑިދޭން މަޝްވަރާ ކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައެވެ. ނަމަވެސް އެ ދާއިރާތަކުގެ ޕްރައިމަރީ ކާމިޔާބުކުރި ކެނޑިޑޭޓުން ގޮނޑިތައް ދޫކޮށްލުމަށް ބޭނުންނުވާ ކަމަށް ވަނީ ބުނެފައެވެ. ދާއިރާތައް ދޫކޮށްލުމާއި ބެހޭގޮތުން ވަކި ގޮތެއް ނިންމާނީ އެ ދާއިރާތަކައް ކުރިމަތިލާފައިވާ ކެނޑިޑޭޓުން ކަމަށް އެމްޑީޕީން ވަނީ ދާދި ފަހުން ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 ފެބްރުއަރީ 2019 | ބުރާސްފަތި 02:48
Yoosuf
Vazeefa gehlidhaanethee thihurihaa angaeh .thiaruvanee, namun sheihu kamun sayku