ކ. މާލެ
|
13 ފެބްރުއަރީ 2019 | ބުދަ 18:02
ޕިކްލްސް މަސާލާ ތާލީ
ޕިކްލްސް މަސާލާ ތާލީ
ފޭސްބުކް
ޕިކްލްސް ރެސްޓޯރަންޓް
ޕިކްލްސް ރެސްޓޯރަންޓްއިން ތަފާތު ގޮތަކަށް 'މަސާލާ ތާލީ' ތަޢާރަފްކޮށްފި
 
އަލަށް ތަޢާރަފްކުރީ ޕިކްލްސް ނާޗޯސް
 
މިމަހުގެ 13އިން 15އަށް ހާއްސަ ޑިސްކައުންޓެއް ޝަވަރުމާއިން

މަޝްހޫރު ޕިކްލްސް ރެސްޓޯރަންޓްއިން ތަފާތު ގޮތަކަށް "މަސާލާ ތާލީ" ތަޢާރަފް ކޮށްފިއެވެ.  

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ޕިކްލްސްގެ މާރކެޓިން މެނޭޖަރ މުހައްމަދު ފައިސަލް ވިދާޅުވީ ޕިކްލްގެ މެނޫއަށް މިއިތުރުވި ތާލީ އަކީ އިންޑިޔާގެ ކަލްޗަރަލް ފުޑްއެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ މާރކެޓަށް މިނެރެނީ ތަފާތު ބާވަތްތައް ހިމަނައިގެން ރާއްޖޭގެ މީހުންނަށް ރަހަ ރަނގަޅުވާނެ ގޮތަކަށް ކަމަށެވެ.

 

"މަސާލާ ތާލީ"

އެގޮތުން ތަފާތު ތިން ގޮތަކަށް ތާލީ ލިބެން އެބަހުރި ކަމަށާއި އެއީ ބަތް، ރޮށި ނޫނީ ފަރާޓާއާއި އެކު ކަމަށްވާއިރު މިއާއި އެކު ސްޕައިސީ ޗިކަން ކަރީ، ފިޝް މަސްޓާރޑް ކަރީ، ދާލް ކަރީ، ޕޮޓޭޓޯ ޓެމްޕާޑް، މިންޓް ޗަޓްނީއާއި މީގެ އިތުރުން ވެސް ގިނަ ބާވަތްތައް ހިމެނެއެވެ.

މީގެ އިތުރުން ޕިކްލްސް މެނޫއަށް އިތުރުވީ ޕިކްލްސް ނާޗޯސްއެވެ. މިއީވެސް ތަފާތު ރަހައެއް ދިވެހިންނަށް ތަޖްރިބާކޮށްލަން ލިބޭނެ ފުރުޞަތެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

 

ޕިކްލްސް ނާޗޯސް

އަދި ވެލައިންޓައިސްޑޭއަށް ހާއްސަކޮށްގެން ޗިލީ ޗިކަން ޝަވަރުމާވަނީ ތަޢާރަފް ކޮށްފައެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ދުވަހާއި ހަމައަށް ޕިކްލްސްގެ ޝަވަރުމާއިން 15 ޕަސެންޓްގެ ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

އެގޮތުން މިޝަވަރުމާގެ ތިން ޑިޝްއެއް ލިބެން އެބަހުރި ކަމަށާއި އެއީ ޗިކަން، ބީފް، އަދި މިކްސްގެ އިތުރުން މިއިން ކޮންމެ ޑިޝްއަކާއި އެކުވެސް ތިން ވައްތަރެއްގެ ސޯސް، ފްރައިސް، ސެލެޑް އަދި ޕިޓާ ބްރެޑް ހުންނާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ތިން ވައްތަރެއްގެ ސޯސްއަކީ ވެސް ޕިކްލްސް ރެސްޓޯރަންޓްގެ އަމިއްލަ އުފެއްދުމެކެވެ. މިޝަވަރުމާގެ ރަހަ އެންމެ މީރުކޮށްދޭ އެއްޗަކީ ޕިކްލްސް ރެސްޓޯރަންޓްގެ ސިގްނޭޗަރ މިސޯސް ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ޝަވަރުމާ ތަޢާރަފްކުރިފަހުން ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް މިހާރު ވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕިކްލްސް ޝަވަރުމާ

ދެ މީހަކަށް ކެވޭ ގޮތަށް ސާރވްކުރާ މި ޑިޝްއާ އެކު އެޑޯންސްގެ ގޮތުގައި، ޕިޓާ ބްރެޑް، ފްރައިސް، ޗީޒް ވެސް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕިކްސްލް ރެސްޓޯރަންޓްގެ ކޮންމެ ޑިޝްއެއް ވެސް ޓޭކްއަވޭ އަށް އޯޑަރކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
33%
0%
33%
33%
0%
ކޮމެންޓް