Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2019 | ބުދަ 10:32
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
ރާއްޖެ އެމްވީ
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތް
އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި 155 މީހުން ހިމެނޭ

މޯލްޑިވްސް މާކެޓިން ޕްރައިވެޓް ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ޑޮލަރު އެކައުންޓެއްގެ ސްޓޭޓްމަންޓް ލީކު ކޮށްލައިފިއެވެ.

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓް ލީކު ކޮށްލާފައި މިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ 155 މީހުންގެ ނަން ހާމަކުރުމަށް ބާރު އަޅާ "ހާމަކުރޭ" ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ނިންމާފައި ވަނިކޮށެވެ.

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަކީ 2014 އަދި 2015 ވަނަ އަހަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓަށް ފައިސާ އެންމެ ގިނައިން  ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރާ އެއް އެކައުންޓެވެ. 

ބޭންކް ސްޓޭޓްމަންޓުގައިވާ ގޮތުން އެސްއޯއެފްގެ އެކައުންޓުން އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އަބްދުﷲ ރަޝީދު ކިޔާ މީހެއްގެ އެކައުންޓަށެވެ. އޭނާގެ އެކައުންޓަށް 269 ފަހަރު އެ އެކައުންޓުން 4 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާކޮށްފައިވެ އެވެ. ދެން އެންމެ ގިނައިން ޑޮލަރު ވަދެފައިވަނީ ޒަރީރު އިބްރާހިމް ކިޔާ މީހެއްގެ އެކައުންޓަށެވެ. އޭނާގެ އެކައުންޓަށް 154 ފަހަރުގެ މަތިން ދެ މިލިއަން ޑޮލަރަށް ވުރެ ގިނައިން ވަނީ ޖަމާކޮށްފައެވެ.

މިލިއަން ޑޮލަރުން އެކައުންޓްތަކަށް ވަދެފައިވަނީ ކަމަށް ބޭންކް ސްޓޭޓްމެންޓްގައިވާ ނަންތަކުގެ ތެރޭގައި އަބްދުއް ރަޝީދު ހަސަން، އަލީ މުޖާހު އަހުމަދު ޖަމީލު ހިމެނެ އެވެ. އަދި ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ފައިސާ ޖަމާކޮށްފައިވެ އެވެ. 

މީގެ އިތުރުން އެސްއޯއެފްގެ އެއް ކުންފުނިން އަނެއް ކުންފުންޏަށް ވެސް ވަނީ ޑޮލަރު ބަދަލުކޮށްފައެވެ. އެގޮތުން އެސްއޯއެފް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް 48 ފަހަރެއްގެ މަތިން 7 ލައްކައަށްވުރެ ގިނަ ޑޮލަރު، އެސްއޯއެފް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް 30 ފަހަރު މަތިން ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު، އަދި އެސްއޯއެފް ސްޓޫޑިއޯ އަށް ދެ ފަހަރު މަތިން ތިންހާސް ޑޮލަރު ޖަމާކޮށްފައިވެ އެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާ 155 މީހެއްގެ އެކައުންޓަށް ވަދެފައިވާ ކަމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސި) އިންވަނީ ބުނެފައެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް އެއް ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 ފެބްރުއަރީ 2019 | ބުދަ 06:42
ބަކުރުބޭ
އަޖއިބެއްނޫން. ތިމީހުން ބެލީމަ ވޭތަ؟ ހާމަކުރާށޭ ކިޔަކިޔާ ތިބި މީހުންވެސް އަތުގަ ޖެހުނީމަ ފޮރުވީ. ކީއްވެ ލިންކު ނުދިނީ؟ ކީއްވެ އަޕްޑޭޓް ނުކުރީ؟
13 ފެބްރުއަރީ 2019 | ބުދަ 06:07
ކަރީމް
ލާރި ވަދެފައިވާ މަޖިލިސް މެމްބަރުންގެ ނަންތައް ޖަހަން ބިރު ގަންނަނީތައް..