Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2019 | ބުދަ 10:39
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
އަޒުމޫން އަހުމަދު
އެކްސިޑެންޓް
މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވި މީހާގެ ހާލު އަދިވެސް ކްރިޓިކަލް
އެކަކަށް އަންނަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން

ސެނެހިޔާ ކައިރީ ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރަމުންދަނިކޮށް ކާރަކުން ޖެހި އެކްސިޑެންޓްވި އަންހެން މީހާގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށް އޭޑީކޭއިން ބުނެފިއެވެ.

އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ އެކްސިޑެންޓް ވި އަންހެން މީހާގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށާއި އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ .ފުލުހުން ބުނެފައިވަނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އަންގާރަ ދުވަހުގެ ރޭ 18:24 ގައި ކަމަށާއި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގައިފައިވަނީ ދެ މީހަކު މަގު ހުރަސް ކުރި ވަގުތު މަޑުނުކޮށް ދުއްވާފައި ކާރެއް ދިއުމުގެ ސަބަބުން ކާރުން އެކެއްގެ ގައިގައި ޖެހި ވެއްޓެން ދިޔަ ވަގުތު ދެން ހުރި މީހާގެ ގައިގާ ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އެކަކުގެ ބޮލަށް ވަރަށް ބޮޑަށް އަނިުާވެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓް ހިނގި މަންޒަރު ފެނުނު ފަރާތްތައް ޓްރެފިކް ޕޮލިހަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް