Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 21:19
ރައީސް ސާލިހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައްދަލުކުރެއްވުން
ރައީސް ސާލިހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ވިސާގެ އެގްރީމަންޓް
ރާއްޖެ-އިންޑިއާގެ ވިސާ އެއްބަސްވުމަށް މާޗް އަމަލުކުރަން ފަށަނީ
މިކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދެޤައުމު ދޭތެރޭ ދަތުރު ފަތުރުކުރުމަށް މަގުފައިވެގެންދާނެ

ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް 11 މާރޗް 2019 އިން ފެށިގެން މި އެގްރީމަންޓަށް ދެ ޤައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން ބަދަލުކޮށްފިއެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި، ދެޤައުމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދެ ޤައުމު ދޭތެރޭ ދަތުރު ފަތުރުކުރުމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމަށާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރިއާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާއަށް ދަތުރުކުރައްވާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ނެތި ފަސޭހަކަމާއެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހި ވެގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް