Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 21:01
ވެލިދޫ އައިލެންޑް ރިސޯޓް
ވެލިދޫ އައިލެންޑް ރިސޯޓް
މުހައްމަދު ޝަރުހާން
ފަތުރުވެރިޔަކު ގެނބުން
ރިސޯޓެއްގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ
މަރުވީ އޮސްޓްރިޔާ މީހެއް

އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ގެނބިގެން ޓޫރިސްޓަކު މަރުވެއްޖެއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އއ. އަތޮޅުގައި އޮންނަ ވެލިދޫ ރިސޯޓުގައި ފަތުވެރިޔަކު ގެނބިގެން މަރުވި ކަމުގެ ރިޕޯޓްކޮށްފައި ވަނީ ހަވީރު 16:49 ހާއިރު ކަމަށެވެ.

ގެނބިގެން މަރުވީ 78 އަހަރުގެ އޮސްޓްރިޔާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. 

މިކަމާ ބެހޭ އިތުރު މައުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ. 

މި މަހުގެ ހަވަނަ ދުވަހު ނ. އަތޮޅުގައި ހިންގާ ރޮބިންސަން ރިސޯޓަށް މޫދަށް އެރި އުޅުނު އުމުރުން 45 އަހަރުގެ ޗައިނާ ޓުރިސްޓަކު ވަނީ މަރުވެފައެވެ. 

މި ފަދަ ގޮތަކަށް މަރުވާ ފަތުރުވެރިވެރިންގެ އަދަދު ވެސް އިތުރުވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ފަހުން އެކި ހާދިސާތައް ދިމާވެ ޓޫރިސްޓުން މަރާ ފަތުވެރިން ގިނަވުމާ ގުޅިގެން ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ހިންގި އިންސްޕެކްޓުން އެއްވެސް ފަރާތަކުން އިހުމާލުވެފައިވާ ކަމަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް