Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 17:17
ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް
ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް
ޕޮލިސް
ބަނގުރާ އަތުލުން
ގއ. ފަޅުރަށަކުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފި
މިމައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ

ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް ގއ. ފަޅުރަށަކުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ގއ. ފަޅުރަށަކުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. 

ފުލުހުން ބުނީ ވިލިނގިލި ކައިރީގައި އޮންނަ ފަޅުރަށެއްގައި ބަނގުރާ އުފައްދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް، ވިލިނގިލީ ޕޮލިސް ސްޓޭޝަނާ އިންޓެލިޖެންސް ގުޅިގެން އަންގާރަ ދުވަހު ހެނދުނު 10:20 ހާއިރު ހިންގި އޮޕަރޭޝަންގައި، އެރަށުގެ އެކި ސަރަޙައްދުތައް ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް އެރަށުން ފެނިފައިވާ ކަމަށެވެ. 

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް