Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 17:18
މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް
މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް
ސަން
އެމްއެމްޕީއާރްސީ
އޭސީސީގެ މެންބަރުންނަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައިވާކަމުގެ ތުހުމަތު ކުރެވޭ: ނިޔާޒު
1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ހާމަކޮށްފައި ވަނީ އާންމު އުސޫލުގެ ތެރެއިން
ތަހުގީގު ސިއްރުކުރުމުގެ ވިސްނުމެއް އޭސީސީން ނުގެންގުޅޭ

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންނަށް ވެސް ލިބިފައިވާ ކަމަށް ތުހުމަތުކުރޭ ކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އޭސީސީން ކޮށްފައިވާ ތަހުގީގުން އިތުރަށް ހާމަކުރެވޭނީ ކޮން މިންވަރަކަށްތޯ މެންބަރުންގެ މެދުގައި މަޝްވަރާ ފެށުމާ ގުޅިގެން ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގިނަ ބަޔަކު ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، އޭސީސީގެ މެންބަރުންނަށް ވެސް، އެހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެހެންވީއިރު، އެކަންކަން ހާމަކުރެވޭނީ ކިހިނެއްތޯ ނިޔާޒު ވަނީ ސުވާލު އުފައްދާފައެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން އީސީސީގެ މެންބަރުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

އެސީސީން ބުނީ އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި މިހާރު ހާމަކޮށްފައި ވަނީ އާންމު އުސޫލުގެ ތެރެއިން ހާމަކުރާ މިންވަރު ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލައަކީ މިހާތަނަށް ހިންގި އެންމެ ހިޔާނަތަށް ވެފައި، އެކަމުގެ މައުލޫމާތު އާންމުން ބޭނުންވާތީ އެކަމާ މެދު އޭސީސީގެ މެންބަރުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ސިއްރުކުރުމުގެ ވިސްނުމެއް އޭސީސީ އަކުން ނުގެންގުޅޭ ކަމަށް ވެސް އެކޮމިޝަންގެ މެންބަރުން ވިދާޅުވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ 155 މީހެއްގެ އެކައުންޓަށް ވަދެފައިވާ ކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
12 ފެބްރުއަރީ 2019 | އަންގާރަ 12:30
ދޮންބެ
Where is 155