Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 13:26
މުހައްމަދު ޝަރުހާން
ކަނޑުމަތީގެ ހާދިސާ
ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
ދިޔަގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައިވަނީ މިއަދު 12:30ގައި

މުދާ ބަރުކޮށްގެން ކ. ތިލަފުށި ކައިރިން ދަތުރުކުރި 99 ފޫޓުގެ "ހަމްދު" ނަމަކަށް ކިޔާ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:58 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާ އެކު މި ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް ހާބަރ ކްރާފްޓްގައި ޑައިވަރުންގެ ޓީމެއް ވަނީ ގޮސް މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މި ދޯންޏަށް އެހީތެރިވުމުގެ ގޮތުން ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުންގެ ޓީމުން ޕަމްޕް ބަހައްޓައިގެން ދިޔަ ހިއްްކުމުގެ މަސައްކަތްކޮށް ދިޔަގަނޑު އެއްކޮށް ކޮންޓްރޯލް ކޮށްފައި ވަނީ މިއަދު 12:30 ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ދޯންޏަށް ބަރުކޮށްފައިވާ މުދަލުގެ ތެރޭގައި ހިލަޔާއި ހިލަވެލި އަދި ސިމެންތި ހިމެނެއެވެ. މި ހާދިސާގައި މި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް