Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 09:19
ރައީސް ނަޝީދު
ރައީސް ނަޝީދު
ރާއްޖެ އެމްވީ
ރައީސް ނަޝީދު
ރިސޯޓުތަކުގެ ހަރަދު ކުޑަކުރުމަކީ އެމްޑީޕީގެ މަސްލަހަތެއް ނޫން : ރައީސް ނަޝީދު
ބިދޭސީން ގެނެވޭނީ ވަޒީފާގެ ދަފްތަރުގައި ތިބި މީހުންނަށް ވަޒީފާ ދީފައި
ތަރައްގީ އަށް ހުށަހެޅޭ އެންމެ ބޮޑު ހުރަހަކީ ބޭއިންސާފު

ރިސޯޓުތަކުގެ ހަރަދު ކުޑަކުރުމަކީ އެމްޑީޕީގެ މަސްލަހަތެއް ނޫން ކަމަށާއި އެމްޑީޕީގެ މަސްލަހަތަކީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކުރުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ މަސަތްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ބައެއް ކަމަށާއި އެގޮތުން ވަޒީފާ ނެތް އަދި ވަޒީފާ ހޯދާ ކޮންމެ މީހަކަށް އުޖޫރައެއް ކަނޑައެޅުމުގެ އިތުރުން ކޮންމެ ކައުންސިލެއްގައި ވަޒީފާގެ ދަފްތަރެއް ގާއިމުކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުގައި އޮންނަ އެއްވެސް ރިސޯޓަކަށް ނުވަތަ ކުންފުންޏަކަށް ބިދޭސީން ގެނެވޭނީ ވަޒީފާގެ ދަފްތަރުގައި ތިބި މީހުންނަށް ވަޒީފާ ދީފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ އެޖެންޑާ 19 ގައި ހިމެނޭކަމެކެވެ. ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެންމެ ކުޑަ އުޖޫރައެއް މިފަހަރު ކަނޑައަޅާނެ ކަމަށާއި އިކޮނޮމިކް މިނިސްޓްރީން މިހާރު އެކަމަށް ތައްޔާރުކުރަންޖެހޭ އޮނިގަނޑު ތައްޔާރުކުރުމުގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑއެޅުމުގެ ކޮމެޓީއެއް އެކުލަވާލަފައިވާ ކަމަށެވެ. އެންމެ ކުޑަ އުޖޫރަ ބިދޭސީންނަށް ވެސް ކަނޑައަޅާއި ނިކަމެތިކޮށް އަޅުވެތިކޮށްގެން އުޅޭ ބިދޭސީންގެ އަޅުވެތިކަން ނައްތާލަން ޖެހޭކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.  

" މި ސަރަހައްދުގައި ވެސް ބޭރު މީހަކަށް ވަޒީފާ ދެވޭނީ އެ ފޮތުގައި ހުރި މީހާއަށް ވަޒީފާ ދީފަ . އިތުރު މީހަކު ބޭރުން ގެނެވޭނީ ރިސޯޓަކަސް އަދި އެހެން ތަނަކަސް އތޮޅުގައި ވަޒީފާ ނުލިބި ދަފްތަރުގައި ހިމެނޭ މީހުންނަށް ވަޒީފާ ދީފަ . އެއް ޝަރުތުތަކެއް ހަމަވާނަމަ ބިދޭސީންނެއް ކުޑަ އުޖޫރައަކަށް ނުގެނެވޭނެ. " ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ގެނައީ މަޖަލަކަށް ނޫން ކަމަށާއި އެކަން ކޮށްފައިވަނީ އިންސާނީ ތަޖުރިބާތަކުން ރަށްރަށުގެ ތަރްގީއަށްކުރެވެން އޮތް އެންމެ ރަނގަޅުގޮތަކީ ހެޔޮވެރިކަމެއްގެ ނިޒާމުންކަން އެނގިފައިވާތީ ކަމަށެވެ. އަދި ޝަރުއީ ނިޒާމް އިސްލާހުކޮށް އިންސާފު ގާއިމުކުރުމުގެ އިތުރުން ތަރައްގީ އަށް ހުށަހެޅޭ އެންމެ ބޮޑު ހުރަހަކީ ބޭއިންސާފުކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް 19 ގައި ކޮރަޕްޝަން ނައްތާލައި " ލަދެއް ހަޔާތެއް ނެތި ލާރި ގޯންޏެއް ހިފައިގެން އެއްވެސް މީހަކަށް ނުހިނގޭނެ " ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް