Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 09:02
ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން
ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން
ރާއްޖެއެމްވީ
ރައީސް މައުމޫން
ދެ މިލިއަން ރުފިޔާ ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން ދައްކަވައިފި
ފައިސާ ދައްކާފައިވަނީ އާދީއްތަ ދުވަހު

ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން މައްޗަށް  ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީއީ)އިން ދެ މިލިއަން ރުފިޔާ ހޯދަން  ކުރި ދައުވާއާއި އެއްގޮތަށް އެބޭފުޅުންގެ ފަރާތުން އެ ފައިސާ ދައްކަވައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ ފައިސާ ދައްކާފައިވަނީ އާދީއްތަ ދުވަހުއެވެ.

އާރްސީސީއިން ދައުވާ ކޮށްފައިވަނީ ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން ކަމުގައިވާ، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖު، ޔުމްނާ މައުމޫނާއި ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫނު އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށެވެ. 2017 ވަނަ އަހަރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި  ބުނެފައިވަނީ  އާރްސީސީއަށް ދައްކަން ޖެހޭ ފައިސާ ކަމަށްވާ 2.1 މިލިއަން ރުފިޔާ ދެއްކުމަށެވެ. 

އެނގިފައިވާ ގޮތުގައި އާރްސީސީއިން އެދުނީ ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ ނަމުގައި ރަޖިސްޓްރީ އޮންނަ ގެއެއް އިމާރާތްކުރުމަށް ފަހު، އެ އިމާރާތުގެ އަގުގެ ގޮތުގައި ނުދައްކައި ބާކީ އޮތް ދެ މިލިއަން ރުފިޔާ ހޯދުމަށެވެ. އާރުސީސީން އިމާރާތްކުރި މި ގެ ހުންނަނީ ޗާންދަނީމަގުގަ އެވެ. 

އާރްސީސީއީއަކި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕަ އާއި ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު އުޝާމްގެ ބައްޕަގެ ކުންފުންޏެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫނުގެ ދެބޭފުޅުން ކަމަށްވާ ފާރިސް އާއި ޣައްސާން ވާދަކުރައްވައެވެ. ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ސާބިތު ދަރަންޏެއް އޮވެ ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާކަމުގައިވާ ނަމަ މަޖިލީހުގެ މެމްބަރުކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް