ކ. މާލެ
|
12 ފެބްރުއަރީ 2019 | އަންގާރަ 08:44
ެޖެނެރަލް އެނުއަލް މީޓިންގެ ތެރެއިން
ެޖެނެރަލް އެނުއަލް މީޓިންގެ ތެރެއިން
ރާއްޖެއެމްވީ
ޓުައަރިޒމް މިނިސްޓްރީ
މޯލްޑިވްސް ޓޫރިޒަމް ކްލަބުގެ އަހަރީ ޖަލްސާ ބާއްވައިފި
އަޒުމަކީ މޮޅުވުން އެކަންޏެއްނޫން، އަޒުމެއް އޮވެ މުބަރާތްތަކުގައި ވާދަކުރުން

މޯލްޑިވްސް ޓޫރިޒަމް ކްލަބުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

އެ ކްލަބުގެ ދެވަނަ ދައުރުނިމި ތިންވަނަ ދައުރު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

މި ޖަލްސާގައި ވަނީ  ޓޫރިޒަމް ކްލަބުގެ ގަވާއިދުތައް އަލުން ރިވިއުކޮށް އަލަށް އިތުރުވި މާއްދާތަކާއި، އިސްލާހު ގެނެވުނު މާއްދާތަށް ފާސްކޮށްފައެވެ.

މީގެ އިތުރުންވެސް މި ހަފްލާގައިވަނީ ތިންވަނަ ދައުރަށް ކްލަބުގެ ރައީސް، ނައިބް ރައީސް އަދި ޖެނެރަލް ސެކެއްޓަރީ އައްޔަން ކޮށްފައެވެ.  

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ކްލަބުގެ އިސްމަގާމުތަކަށް ހޮވިފައިވަނީ ކަނބަލުންކަމެވެ.

މި ކްލަބްގެ ބޭނުމަކީ ވީހާވެސްގިނަ ކުޅުންތެރިންތަކެއް ނެރުން ކަމަށާއި، މުބާރަތްތަކެއް ކުޅުންކަމަށެވެ. މިއީ ހުޅުވައިދެވޭ ފުރުސަތުތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަޒުމަކީ މޮޅުވުން އެކަނި ނޫންކަމަށާއި، އަޒުމެއް އޮވެ މުބަރާތްތަކުގައި ވާދަކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓާގެ ވާހަކަގުޅުގައި އިތުރަށް ވިދާޅުވީ، މޯލްޑިވްސް ޓޫރިޒަމް ކްލަބަކީ އެހެން ކްލަބްތަކަށް ނަމޫނާ ދައްކުވައިދޭ ކުލަބަކަށް ވެގެން ދާނެ ކަމަށެވެ. އެ ކްލަބް ވުޖޫދަށް އައުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރީ މިނިސްޓްރީގެ މުއަޒަފުންގެ މަސައްކަތުން ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ. 

މި ހަފްލާގައި ވަނީ އެކި ގޮތްގޮތުން ކްލަބަށް އެހީތެރިވެދީފައިވާ ބޭފުޅުންގެ އަގުވަޒަންކޮށް ހަނދާނީ ސެޓްފިކެޓް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް