Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2019 | ހޯމަ 15:32
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު
ރައީސް އޮފީސް
އަބްދުﷲ ޖާބިރު
ޕްރައިމަރީ އިން ބަލިވުމުން ޖާބިރު ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިފި
ޖާބިރު ވަނީ އެމްޑީޕީ ޕްރައިމަރީ އިން ނާކާމިޔާބުވެ ވަޑައިގަންނަވާފައި
ދިއްދޫ މެންބަރު ލަތީފް ވެސް ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައި

ޕްރައިމަރީގައި ބަލިވާ ފަރާތްތަކަށް ވާދަކުރުން މަނާކުރުން ގާނޫނު އަސާސީއާ ހިލާފު ކަމަށް ވިދާޅުވެ އެ މާއްދާ ބާތިލުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ހުށައަޅުއްވައިފިއެވެ.

އެމްޑީޕީ ޕްރައިމަރީގައި ކާށިދޫ ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބީޔާ ކުރިމަތިއްލައްވަން ޖެހިވަޑައިގެންނެވި ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތައް ގާނޫނު އަސާސީގައި ކަޅާއި ހުދުން ވަނީ ލިޔެވިފައި ކަމަށާއި އޭގެ ބޭރުން ޝަރުތު ކުރުމުގެ ބާރެއް އެއްވެސް މީހަކަށް ނެތް ކަމަށެވެ. ގާނޫނު އަސާސީ އާއި ޚިލާފު އެ މާއްދާ ބާތިލް ކުރަން ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެޕާޓީގެ ފަރާތުން ކާށިދޫ ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީގައި ޖާބިރު އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވީ އަބްދުﷲ ރިއްފަތުއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. 

ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ ޕީޕީއެމުންނެވެ. ޖާބިރުގެ އިތުރުން ދިއްދޫ ދާއިރާ ތަމްސީލްކުރައްވާ ޖުމްހޫރީ ޕާޓީގެ މެންބަރު، އަބްދުލް ލަތީފް މުހައްމަދު ވެސް ވަނީ މަޖިލީހަށް ދެ އިސްލާހެއް ހުށަހަޅުއްވާފައެވެ. 

ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ފަރާތްތަކަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ހެދުމަށް މަސައްކަތްކުރަމުން އަންނަ އިރު މަޖިލީހަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހު ހަމަވާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް