Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2019 | ހޯމަ 12:48
ވޯޓާސް ލިސްޓެއް ޗެކްކުރަނީ
ވޯޓާސް ލިސްޓެއް ޗެކްކުރަނީ
ރާއްޖެ އެމްވީ
އިލެކްޝަންސް ކޮމިޝަން
ވޯޓާސް ލިސްޓަށް 1256 ޝަކުވާއެއް ހުށަހެޅުނު: އިލެކްޝަންސް
އެންމެ ގިނައިން ހުށަހެޅިފައިވަނީ އެޑްރެސް ބަދަލުވުމުގެ ޝަކުވާތައް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 1256 އަށް ހުށަހެޅިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

ރާއްޖެ.އެމްވީއަށް މައުލުމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ވަގުތު ހަމަވިއިރު 1256 ޝަކުވާއެއް ހުށަހެޅުނު ކަމަށާއި، އެންމެ ގިނައިން ހުށަހެޅިފައިވަނީ އެޑްރެސް ބަދަލުވުމުގެ ޝަކުވާތައް ކަމަށެވެ. އަދި ދާއިރާ ބަދަލުވުމުގެ ޝަކުވާތައް ވެސް ހުށަހެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަކްރަމް ވިދާޅުވީ ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށް ފަހު މި މަހުގެ 15 ވަނަ ދުވަހު ލިސްޓް އާންމުކުރާނެ ކަމަށެވެ. އަދި އެޔަށް ފަހު ޝަކުވާ ހުށަހެހެޅުމަށް 10 ދުވަސްދޭނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅެނީ، އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅި 1256 މީހުންނަށް އެކަނި ކަމަށެވެ. 

އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ. އަދި މަޖިލީސް އިންތިހާބަށް ކުރިަމތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް ހުޅުވާލާފައިވާއިރު، މިމަހުގެ 21 ގެ ނިޔަލަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. 

އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރާ 86 ކެނޑިޑޭޓުންގެ ފޯމް އިލެކްޝަންސްއަށް ހުށަހަޅާފައިވާއިރު 76 ކެނޑިޑޭޓެއްގެ ފޯމް އިލެކްޝަނުން ވަނީ ބަލައިގެންފަ އެވެ. އެމްޑީޕީން ހުށަހެޅި ފޯމްތަކުގެ ތެރެއިން 10 ފޯމެއް އަނބުރާ ފޮނުވާލާފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް