Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2019 | ހޯމަ 08:44
ޑެންގީ ޖެހިފައިވާ ކުއްޖަކު މާލެ ގެނެސްފައި
ޑެންގީ ޖެހިފައިވާ ކުއްޖަކު މާލެ ގެނެސްފައި
އެމްއެންޑީއެފް
ޑެންގީ ހުން
ފީއަލިން ޑެންގީ ޖެހުނު ކުއްޖާ އިތުރު ފަރުވާއަށް ނުފުރި އަދިވެސް އައިސީޔޫގައި: ކައުންސިލްގެ ރައީސް
ޑެންގީއަށް ޕޮޒިޓިވް ވި 11 ކުދިންގެ ތެރެއިން 10 ކުދިން މާލެ ގެނެސް ފަރުވާ ދީފައިވޭ
ކުއްޖާއަށް ނުފުރިވަނީ މި އެންމެންނަށް މޯލްޑިވިއަންގެ ފްލައިޓްތަކުން ޖާގަ ނުލިބިގެން

ފ. ފީއަލިން ޑެންގީ ހުން ޖެހިގެން އިތުރު ފަރުވާއަށް މާލެ ގެނައި ކުދިންގެ ތެރެއިން ހާލު ސީރިއަސްވި ކުއްޖާ ރާއްޖޭން ބޭރަށް އިތުރު ފަރުވާއަށް ނުފުރި އަދި ވެސް އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ޖަލީލު ވިދާޅުވީ  ފީއަލިން ޑެންގީއަށް ޕޮޒިޓިވް ވި 11 ކުދިންގެ ތެރެއިން 10 ކުދިން މާލެ ގެނެސް ފަރުވާ ދީފައިވާއިރު އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސްވެ ރާއްޖޭން ބޭރަށް އިތުރު ފަރުވާ އަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދާތާ ތިން ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ އަދިވެސް އެ ކުއްޖާ އޮތީ ބޭރަށް ނުފުރި އައިޖީއެމްއެޗްގެ އައިސީ ޔޫގައި ކަމަށެވެ.

އެ ކުއްޖާއަށް ނުފުރިވާ ސަބަބާއި ބޭހޭގޮތުން ވާހަކަ ދައްކަވަމުން ޖަލީލު ވިދާޅުވީ ކުއްޖާގެ މަންމަގެ ފާސްޕޯޓް ގެއްލި އާ ޕާސްޕޯޓެއް ހަދަންޖެހުމުގެ އިތުރުން ބަލި ކުއްޖާގެ ފާސްޕޯޓް ވެސް ހަދަންޖެހުނު ކަމަށެވެ. ނަމަވެސް މިހާރު މިކަންކަން ނިމިފައިވާ ކަމަށާއި ކުއްޖާއާއި އެކު ޑޮކްޓަރަކާއި ދެ ނަރުހުންނާއި އެހީތެރިއަކު ދާންޖެހޭއިރު މިހާރު ކުއްޖާއަށް ނުފުރިވަނީ މި އެންމެންނަށް މޯލްޑިވިއަންގެ ފްލައިޓްތަކުން ޖާގަ ނުލިބިގެން ކަމަށް  މައުލޫމާތު ލިބިފައިވާ ކަމަށް ޖަލީލު ވިދާޅުވިއެވެ.

ފިއަލީގައި ހަލުއިކޮށް ޑެންގީ ފެތުރެމުން ދާތީ އެރަށު ސްކޫލުގެ ކިޔެވުން ވަގުތީގޮތުން ފަސް ދުވަހަށް ބަންދު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފީއަލީގައި އިތުރަށް ޑެންގީ ފެތުރުނަ ނުދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް  މޫސާ އަހުމަދު ވިދާޅުވީ އެރަށު ޞިއްޙީ މަރުކަޒާ ގުޅިގެން ރަށުތެރެ ފޮގު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި ޑެންގީ ހުން ޖެހިފައިވާ ކުދިންގެ ގެތަކާއި  300 ފޫޓް ކައިރި ހުރި ޖަންގުޝަންތައް ބަލާފައިވާ ކަމަށެވެ. 

އެ ޖަންގުޝަން ތަކުން  މަދިރިތައް މައްޗަށް އަރަމުންދާ ކަމަށާއި އެއްވެސް ޖަންގުޝަނެއް ރަނގަޅަށް މަރާމާތުކޮށް ބެލެހެއްޓިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.  އެގޮތުން 90 އިންސައްތަ ޖަނގުޝަންތައް މަރާމާތުކޮށް އަލުން ރަނގަޅު ކުރަން ޖެހޭ ހާލަތުގައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް