ކ. މާލެ
|
11 ފެބްރުއަރީ 2019 | ހޯމަ 08:52
އާމިރާ ސުލައިމާން. ބ.ކެންދޫ
އާމިރާ ސުލައިމާން. ބ.ކެންދޫ
މިއުނާ ހަސަން
ދިވެހި ބޭސްވެރިކަން
ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
ކުޑަ އަގެއްގައި ރާއްޖެބައްޔަށް ފަރުވާ ހޯދައިދޭ
އުންމީދަކީ ވީހާވެސް ގިނަ ޒުވާނުން މި މަސައްކަތް ދަސްކުރުން

ބ.ކެންދޫ ފެހިގެ އާމިރާ ސުލައިމާން (50އ) ، ކެންދޫ މީހުން ކިޔާ ގޮތުންނަމަ އާމިރާއްތައަކީ ދިވެހި ބޭހުގެ މޭސްތެރިއެކެވެ.

އެންމެ ކުދި އަނިޔާ ތަކުން ފެށިގެން ޑޮކްޓަރީ ބޭހުން ރަނގަޅު ނުކުރެވޭ އެތެރެހަށީގެ ބަލިތަކަށް ވެސް އާމިރާއްތަ ފަރުވާ ހޯދައިދެއެވެ.

އާއިލާ ތެރޭން ވާރުތަވެގެން އައިސްފައިވާ ދިވެހިބޭހުގެ ހުނަރު އިތުރަށް ތަރައްގީ ކޮށް، އަމިއްލަ ބޭސް ހެދުމަކީ އާމިރާއްތަ މިހާރު ކުރާ ކަމެކެވެ. އާމިރާއްތަ ބުނާ ގޮތުގައި ދިވެހި ބޭސް ކުރުމަށް ޝައުގުވެރިވީ ކުޑައިރުންފެށިގެން މަންމައާއި ކާފަމެން އެ މަސައްކަތް ކުރާތަން ފެންނާތީއެވެ.

އާމިރާއްތަ ފަރުވާ ކޮށްދޭ ބަލިތަކުގެ ތެރޭގައި، ނާރުގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި، ވެއްޓި ނުވަތަ ތަނެއްގައި ޖެހިގެން ކައްޓަށް ނުވަތަ މަސްގަނޑަށް ލިބޭ ގެއްލުން ތަކުގެ އިތުރުން ރާއްޖޭގައި އެންމެ އާންމު އެއްބަލި ކަމަށްވާ ރާއްޖެ ބައްޔަށް ވެސް ފަރުވާ ކޮށްދެއެވެ.

އާމިރާ ސުލައިމާންގެ، ބޭސްތަކުން ބައެއް ބޭސް

ރާއްޖެ ބައްޔަކީ ފަރުވާ ކުރުމަށް އުނދަގޫ ބައްޔެކެވެ. ރާއްޖެބަލި ހުންނަގިނަ މީހުން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރެއެވެ.

އެހެން ނަމަވެސް، އާމިރާއްތަގެ މަސައްކަތުން އިތުރު ބޭސްތަކެއް ކާން ނުދީ ދިވެހިބޭހުގެ އެހީގައި ކުޑަ އަގެއްގައި ރާއްޖެބައްޔަށް ފަރުވާ ހޯދައިދެއެވެ.

ކެންދޫގެ ރައްޔިތިންގެ އިތުރުން، އާމިރައްތަގެ ފަރާތުން ފަރުވާ ހޯދި ލ. އަތޮޅު މީހެއް ނަން ނުޖެހުމަށް އެދި ރާއްޖެ ޓީވީ އަށް މައުލޫމާތު ދެމުން ބުނީ، ގިނަ ދުވަސްތަކެއް ވަންދެން ޑޮކްޓަރުން ދޭ ބޭސް ކެވިއްޖެ ކަމަށާއި،  އެހެންނަމަވެސް ޑޮކްޓަރީ ބޭހުން މާ ބޮޑު ފަރުވާ އެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ހަ މަސް ދުވަސް ތެރޭގައި އާމިރާއްތަގެ ބޭހުން ތަފާތު ފެންނަން ފަށައިފި ކަމަށެވެ.

ރާއްޖެ ޓީވީއަށް މައުލުންމާތު ދެމުން ބޭސްވެރިޔާ އާމިރާ ސުލައިމާން ބުނީ، އެންމެ ގިނަ މީހުން އަންނަނީ ރާއްޖެ ބައްޔަށް ފަރުވާ ހޯދުމަށް ކަމަށެވެ. ފަރުވާ ހޯދުމަށް އަންނަގިނަ މީހުންނަށް ދިމާވެފައިވާ އެންމެންބޮޑު ގޮންޖެހުމަކީ ރާއްޖެ ބައްޔަށް ބޭސްހެދުމަށް ބޭނުން ކުރާ އަޅޯ ނުލިބުން ކަމަށެވެ.

އާމިރާއްތަ ބުނި ގޮތުގައި، އަޅޮލަކީ މީހާގެ މުޅިގައިގާ އަޅަންޖެހޭ އެއްޗެއްކަމުން ބޭނުންވާވަރަށް އަޅޯ ނުލިބޭ ކަމަށެވެ. ރަށުގައި އަޅޯ ހެއްދޭވަރަށް ހުސްތަން ނެތުމުގެ ސަބަބުން އިތުރަށް އަޅޯ ދިރުވައި އާލާ ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.  

ގިނަ ބައްގެ ލޯބި ލިބިފައިވާ އާމިރާއްތަ ހަދާ ދިވެހި ބޭހަކީ ވަރަށް ވެސް ބޭނުންތެރި ބޭސް ތަކެކެވެ. މި މަސައްކަތް ދިރުވައި އާލާ ކުރުމުގެ މަގްސަދުގައި އާމިރާއްތަ ވަނީ އޭނާގެ ދޮށީ ދަރިފުޅަށް ދިވެހިބޭސް ވެރިކަން އުނގަންނައި ދީފައެވެ.

އާމިރާއްތަ ބުނާ ގޮތުގައި، އެ ބޭހަކީ ވިހަ ބޭހެއް ނޫންނަމަ ބޭހެއް ހަދާނެ ގޮތް މީހަކު އަހައިފިނަމަ އުފަލުން ކިޔައިދޭނެ ކަމަށެވެ. އުންމީދަކީ ވީހާ ވެސް ގިނަ ޒުވާނުން މި މަސައްކަތް ދަސްކުރުން ކަމަށެވެ.

އާމިރާއްތަގެ ފަރާތުން ފަރުވާ ހޯދި މީހުންނާއި، އެމީހުންގެ އާއިލާތަކުން އެދެނީ އާމިރައްތަ މިކުރާ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން އާމިރާއްތައަށް އިނާމެއް ދިނުމަށެވެ. މި ފަދަ އަގު ބޮޑު ބުރަ މަސައްކަތެއް އާމިރާއްތަ ކުރަނީ އަގު ހެޔޮކޮށް، ހެޔޮނިއަތުގައި ކަމަށް ވެސް އެ މީހުން ބުނެއެވެ.

ރާއްޖޭގައި މަފަދަ އަގުހުރި މަސައްކަތް ކުރާ ފަރުދުންނަށް ލުއި ފަސޭހަވާނޭ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމާއި، އެފަދަ މީހުންގެ އަގު ވަޒަންކޮށް އެމީހުންގެ ފަރާތުން ޒުވާން ޖީލަށް ހުނަރުތަކެއް ދަސްކޮށްދިނުމަކީ ގައުމުގެ ކުރިމަގަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ބިންގަލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް