ކ. މާލެ
|
10 ފެބްރުއަރީ 2019 | އާދީއްތަ 15:51
އެފްއޭއެމް
އެފްއޭއެމް
މުހައްމަދު ޝަރުހާން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
19 ކްލަބުގެ ސޮޔާއެކު ވިކްޓްރީން އެފްއޭއެމްއާ ދެކޮޅަށް!
 
ވިކްޓްރީން އިސް ނަގަން ޖެހުނީ ނިއު ސަސްޕެންޑްކުރުމުން

19 ކްލަބެއްގެ ސޮޔާއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި ވިކްޓްރީ ސްޕޯޓްސް ކްލަބުން އެފްއޭއެމްއަށް ހުށައަޅައިފިއެވެ.

އެފްއޭއެމްގެ ލީޑާޝިޕްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ފަރާތުން މިއަދު ސިޓީ ހުށައެޅުއްވީ އެ ކްލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ވައިސް ޗެއާމަން މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

ސިޓީ ހުށައެޅުއްވުމަށްފަހު ވިކްޓްރީގެ ޗެއާމަން ނާޝިދު ވިދާޅުވީ، މިކަމުގައި ވިކްޓްރީން އިސް ނަގަން ޖެހުނީ ނިއު ސަސްޕެންޑްކުރުމުން ކަމަށާއި، އެ ކްލަބް އޮތީ ނިއުގެ ފަހަތުގައި، އެފްއޭއެމްގެ ބޯޑު ބަދަލުކުރަން ތައްޔާރަށް ކަމަށެވެ.

އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަނުގެ އޯޑިނަރީ ކޮންގްރެސް އަންނަ މާޗު މަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމާފަ އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި ވޯޓް ލެވޭ ކްލަބުތަކުގެ ތެރެއިން 50 އިންސައްތަ ކްލަބުން ހުށަހަޅައިފި ނަމަ 15 ދުވަހުގެ ތެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި, މައްސަލަތައް އެޖެންޑާކުރަން ޖެހޭނެ އެވެ.

ކްލަބްތަކުން ހިތްހަމަނުޖެހުނު ސަބަބުތަކުގެ ތެރޭގައި މިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި, ޕްރެޒިޑެންޓްސް ކަޕް ކުއްލި ގޮތަކަށް ކެންސަލްކުރުމާއި, މި އަހަރުގެ ސީޒަން ޖޫން މަހު ފަށާ ގޮތަށް ނިންމުން ހިމެނެ އެވެ.

މީގެ އިތުރުން އެފްއޭއެމްގެ އިހުމާލުން، ރާއްޖޭގެ ކްލަބްތަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލުމަކީ ވެސް ކްލަބުތަކުން ހިތްހަމަ ނުޖެހިފައިވާ ސަބަބެކެވެ.

ވިކްޓްރީން މިއަދު ހުށައެޅި ސިޓީގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ނުކުތާތަކުގެ ތެރޭގައި މުބާރާތްތައް ރަނގަޅަށް ނުބޭއްވުމާއި، އެގްޒެކެޓިވް ކޮމިޓީއަށް ގަވާއިދާ ހިލާފަށް މީހުން އައްޔަންކުރުން އަދި މީގެ އިތުރުންވެސް އެފްއޭއެމް ހައުސްގައި ސިޔާސީ ކަންކަން ހިންގުން ހިމެނެ އެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި ހިމަނާނެ ކަންކަން އެޖެންޑާކުރާނީ އެގްޒެކެޓިވް ކޮމިޓީންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި