Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2019 | އާދީއްތަ 17:08
ބިކޯކާ އަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބިކޯކާ އަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ބިކޯކާ އަށް ދިހަ އަހަރު ފުރުން
ފ. މަގޫދޫގައި ހުންނަ އިޓަލީގެ މިލާނޯ ޔުނިވާސިޓީގެ ބިކޯކާ ކެމްޕަސް އަށް ދިހަ އަހަރު ފުރުން ފާހަގަކޮށްފި
ބިކޯކާއަކީ ރާއްޖެ އާއި އިޓަލީއާ ދެމެދު އޮންނަ ގުޅުމުގެ ވަރުގަދަ ނިޝާނެއް

ފ. މަގޫދޫ ގައި ހުންނަ އިޓަލީގެ މިލާނޯ ޔުނިވާސިޓީގެ ބިކޯކާ ކެމްޕަސް އަށް ދިހަ އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ގާއިމްކޮށްފައިވާ ބިކޯކާ އަށް 10 ފުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މަގޫދޫ ސޯޝަލް ސެންޓަރުގައެވެ. މި ރަސްމިއްޔާތުގައި މިލާނޯ ޔުނިވާސިޓީގެ ރެކްޓާ، އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޫލިއާނާ މަންނޭލާގެ އިތުރުން އެ ރަށު ކައުންސިލްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެެއްވާފައި ވަނީ ކުރީގެ ރައީސް މުހައްމަަދު ނަޝީދުއެވެ. 

މި ހަފްލާގައި ބިކޯކާއާ ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން ވަނީ އާކޮށްފައެވެ. އާއެއްބަސްވުމުގެ ލިޔުމާ ދިވެހި ސަރުކާރުން ހަވާލުވީ ފޮރިން ސެކެރެޓެރީ ޢަބްދުލް ޢަފޫރު މުހައްމަދެވެ. އިޓަލީގެ ފަރާތުން ހަވާލުވީ، މިލާނޯ ޔުނިވާސިޓީގެ ރެކްޓަރ މާރިޔް ކްރިސްޓީނާ މެސާއެވެ. މި އެއްބަަސްވުމުގެ ދަށުން މަގޫދޫގައި ހުންނަ ބިކޯކާ ކެމްޕަސް އިތުރު 10 އަހަރު ދުވަހަށް ބޭނުން ކުރުމުގެ ހުއްދަ މިލާނޯ ބިކޯކާ އަށް ވަނީ ދީފައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޓަލީން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު ޖޫލިއާނާ މަންނޭލާ ވިދާޅުވީ، ބިކޯކާއަކީ ރާއްޖެ އާއި އިޓަލީއާ އޮންނަ ގުޅުމުގެ ވަރުގަދަ ނިޝާނެއް ކަމަށާއި، އެ ގުޅުން އިތުރަށް ބަދަހިކުރުމަކީ އެކަމަނާ ވަރަށް އެދޭ ކަމެއް ކަމަށެވެ. އަދި މިހާތަނަށް ބިކޯކާ ކެމްޕަހުގައި 200 ދަރިވަރުން ތަމްރީންކޮށްފައިވާ ކަމަށާއި، މި ސެންޓަރުންގެ ސަބަބުން އިޓަލީ އަށް ވެސް ފައިދާތަކެއް ވެގެންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

މަގޫދޫގެ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ބިކޯކާ އިން އެރަށު ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދީފައިވާ ކަމަށާއި، އަދި ކައުންސިލްގެ ފަރާތުން އެހީ އަކަށް އެދޭ ކޮންމެ ފަހަރަކު ވެސް އެކަމަށް އިޖާބާ ދީފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް