Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2019 | އާދީއްތަ 12:08
2018 ވަނަ އަހަރު ބޭޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ތެރެއިން
2018 ވަނަ އަހަރު ބޭޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ތެރެއިން
މުހައްމަދު ޝަރުހާން
ޖުމްހޫރީ ޕާޓީ
ކޯލިޝަން ހެދުމަށް ޕީޕީއެމާއެކު މަޝްވަރާއެއް ނުކުރަން: ޖޭޕީ
މަޖިލީސް އިންތިހާބުގައި ގުޅިގެން މަސައްކަތްކުރަން ތިބި ޕާޓީއާއެކު ކުރިއަށްދިއުމުގެ ވިސްނުން ޕާޓީން ގެންގުޅޭ

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި އެކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއިއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ. 

މަޖިލީސް އިންތިހާބުގައި އެކުގައި މަސައްކަތްކުރަން ތިބި ޕާޓީތަކާއެކު ކުރިއަށް ދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީ ލީޑަރު ޤާސމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމާއެކު ކުރިއަށްދާންޖެހުނު ނަމަވެސް ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތެއް ޤާސިމް ވަނީ ދެއްވާފަ އެވެ. ނަމަވެސް ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެއްވެސް ޕާޓީއަކާއެކު ރަސްމީ ވާހަކަތައް ކުރިއަށްގެންދިޔަކަން ޖޭޕީން ހާމަކޮށްފައެއް ނުވެއެވެ. 

މަހުޖަނު، ޤާސިމް އިބްރާހިމްގެ ޖޭޕީން، ޕީޕީއެމާ ކޯލިޝަން ހެދުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށް ހޮނިހިރު ދުވަހުގެރޭ ބައެއް މީޑިއާތަކުގެ ރިޕޯޓްކުރުމާއި ގުޅިގެން، އެކަން ދޮގުކޮށް ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ އެފަދަ މަޝްވަރާއެއްކޮށްފައިނުވާ ކަމަށެވެ. އަދި ބައެއް މީޑިއާތަކުން އެ ހަބަރު ގެނެސްދީފައިވަނީ ޖުމްހޫރީ ޕާޓީge އެއްވެސް ބަހެއް ނެތިކަމަށް އޭނާ ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީން، ކޯލިޝަން ހެދުމުގެ މަސައްކަތް ފެށީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވަކިވަކިން މަޖިލީސް އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީގެ އެ ނިންމުމާއެކު، ޖޭޕީ ލީޑަރު ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން "ނާށިގަނޑު ހިފައިގެންދާންޖެހުނު ކޮންމެ ބަޔެއް" ކައިރިއަށްދާނެ ކަމަށެވެ. 

ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގެ 36 ދާއިރާއަކަށް ވާދަކުރުމަށް ނިންމައިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް