Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2019 | އާދީއްތަ 11:32
ފިހާރައަކަށް ކާޑު ބާލަނީ
ފިހާރައަކަށް ކާޑު ބާލަނީ
ރާއްޖެއެމްވީ
ކާޑުގެ އަގު ހެޔޮކުރުން
ކާޑުގެ އަގު ހަމަހަމަ ކުރުމަށް މަޖޫރީ ފީ އާއި ނާލު އެސްޓީއޯއިން ދޭން ނިންމައިފި
ރަށްރަށުގައި ކާޑު ވިއްކާނީ އެޖެންޓުން މެދުވެރިކޮށް

ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑު ވިއްކާ އަގު ހަމަހަމަ ކުރުމަށްޓަކައި ނާލާއި މަޖޫރީ ފީ އެސްޓީއޯއިން ދޭ ގޮތަށް ނިންމައިފި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުގެ ތެރޭގައި ކާޑުގެ އަގުތައް ހަމަހަމަކުރުމަށްޓަކައި އެޅި މި ފިޔަފަޅުގެ ދަށުން ކާޑު ވިއްކާނީ އެސްޓީއޯއިން ކަނޑައަޅާ އެޖެންޓުންތަކެއް މެދުވެރިކޮށެވެ. 

މިހާރު ކުރިއަށްދާ އެސްޓީއޯގެ ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވި އެޖެންޓުންނަށް ވުމަށް ހުޅުވާލާނެ ކަމަށާއި ކޮންމެ ރަށެއްގައި ވެސް އެސްޓީއޯގެ ކާޑު އެޖެންޓެއް ކަނޑައަޅާނެ ކަމަށެވެ. ނާލާއި މަޖޫރީ އަށް ހިނގާނެ ޖުމުލަ އަގު އެނގޭނީ އެޖެންޓުން ޕްރޮޕޯސަލް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެޖެންޓުންނަށް ވުމުގެ ފޯމް މާދަމާއިން ފެށިގެން ރަށްރަށުގައި ހުރި ފާމަސީތަކުން ދޫކުރަން ފަށާނެ އެވެ. 

ނަމަވެސް މިހާރު ވެސް ކާޑުގެ އަގު އެއް ހަމަކުރުމަށްޓަކައި ނާލާއި މަޖޫރީ ފީއަށް ހިނގާނެ ލަފާކުރެވޭ ހަރަދެއް ދެނެގަނެވިފައިވާ ކަމަށާއި އެކަމަށް އެސްޓީއޯގެ ބަޖެޓުން އިތުރަށް ހަރަދުކުރުމުގެ ބަދަލުގައި އެ ފައިސާ ހަމަޖައްސަނީ ކުންފުނީގެ ހިންގުމުގެ އުސޫލްތަކަށް ގެންނަ ބަދަލުތަކުން ކަމަށް އަމްރު ވިދާޅުވި އެވެ. 

ކާޑުގެ އަގު މިހާރަށް ވުރެ ވެސް ހެޔޮކުރެވޭތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކާޑުގެ އަގު ހެޔޮކުރުމަށް ކަނޑައަޅާފައިވަނީ އޭޕްރީލް 1 އިން ފެށިގެންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް