Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2019 | އާދީއްތަ 08:29
ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދެއް
ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދެއް
މުހައްމަދު ޝަރުހާން
ޒުވާނަކު ޒަަހަމްވުން
ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި
ޒަހަމްވީ 28 އަހަރުގެ ޒުވާނެއް

ގއ. ވިލިގިލީގައި މާރާމާރީ ހިންގައި، ތޫނު އެއްޗަކުން ހަމަލާދީ 28 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 23:22 ގައި ކަމަށެވެ.

މިހާދިސާގައި ޒަހަމްވި ޒުވާނަގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ޒަހަމްވި މީހާ އަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ އިތުރު ޒުވާނަކު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. 

މި މައްސަލާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި މާރާމާރިއެއްގައި 28 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް